އިސްތަށިގަނޑުގައި ޔޫކްރެއިން ދިދައިގެ ކުލަތައް ޖެއްސި ރަޝިއާގެ ރައްޔިތަކު 30000 ރޫބަލްސް (330 އެމެރިކާ ޑޮލަރު)ން ޖޫރިމަނާ ކޮށްފި އެވެ.

ރަޝިއާގެ ކޯޓަކުން އެ އަމުރު ނެރެމުން ބުނެފައިވަނީ އެ މީހާ ޖޫރިމަނާ ކުރެވުނީ އެގައުމުގެ އަސްކަރިއްޔާއަށް ބޭއިހުތިރާމްކޮށް ސިފައިން ވަމުންދާ ގުރުބާނީއަށް ހަޖޫ ޖެހުމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސްޓެނިސްލަވް ނެޓެކޮވްގެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ތުނި އިސްތަށިގަނޑުގައި ނޫ، ފެހި އަދި ރީނދޫ ޖައްސާފައިވެ އެވެ.

ކޯޓުގެ އަޑު އެހުމުގައި އޭނާގެ އިސްތަށިގަނޑުގައި އެ ކުލަތައް ޖެއްސީ ޔޫކްރެއިންއަށް ތާއީދު ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ސްޓެނިސްލަވް ބުނި ނަމަވެސް އޭނާގެ އެ ބަހަށް ކޯޓުން ސަމާލުކަން ދީފައެއް ނުވެ އެވެ.

ރަޝިއާގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި 20،000 އަށްވުރެ ގިނަ މީހުން ޔޫކްރެއިންއަށް ތާއީދުކުރާ ކަމަށް ބުނެ ހައްޔަރު ކުރެވި އަދަބު ދެވިފައިވެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށުނު ޔޫކްރެއިން- ރަޝިއާ ހަނގުރާމައިގެ ސަބަބުން ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް ދެ ގައުމުގެ އެތައް ހާސް އާއްމު ރައްޔިތުންނަށްވެސް އެކަމުގެ އަސަރުކޮށްފައިވެ އެވެ.