އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިގަ ލޯންޗަކުން ޖެހި އެ މީހާ މިއަދު މަރުވެއްޖެ އެވެ. އަދި އެ ލޯންޗު ދުއްވި މީހާ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފ. ފީއަލީ ދޯންޏަކުން ފާނަ ނަގަން ފޭބި އެ މީހާ މަރުވީ، މޫދުގައި އޮއްވާ، އޭނާގެ ގައިމަތިން ލޯންޗު ދުއްވާފައި ދިއުމުންނެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ.

މައި އެކްސްޕްރެސްގެ އެ ލޯންޗު ދުއްވާފައި ދިޔައީ އދ. މާމިގިލިން ފުރައިގެންނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ވެސް މާމިގިލީ މީހެކެވެ.

ފުލުހުން ބުނީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:55 ހާއިރު ކަމަށެވެ.

https://www.facebook.com/hussain.ameer.7982/videos/801891555244170/?ref=embed_post

ލޯންޗުގައި ޖެހުނު މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.