ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންއާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލްއަށް އަލަތު ދަރިފުޅު ލިބުނުކަން އެ ދެމަފިރިން އިއުލާން ކޮށްފި އެވެ.
އިންސްޓަގްރާމްގައި ވަރުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާއަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި އަންހެނުންނާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެއާއެކު އާއްމުންނާއި އެކުގައި މަސައްކަތް ކުރާ ބޮލީވުޑް ތަރިންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ ދުއާއަށް އޭނާ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ނަތާޝާ ވިހޭކަން ވަރުންގެ ބައްޕަ ޔަގީން ކޮށްދިނުމާއެކު އާއްމުންނާއި ދާއިރާގެ ރަހުމަތްތެރިން ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަން ފަށާފަ އެވެ.
މީގެ އަހަރުތަކެއް ކުރިން ކޮފީ ވިތު ކަރަންގެ ޝޯއެއްގައި ވަރުން ވަނީ އަންހެން ދަރިއަކު ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
"ރާޒް"ގެ ކާމިޔާބީއަށްފަހު މާލިނީ ބޮލީވުޑް ދޫކޮށްލީ ކީއްވެ؟
ހުރިހާ ދިވެހީންނަށް ހިއްސާ ލިބޭ ރިސޯޓު އަޅަނީ
ބީއެމްއެލްއިން ފަރު އާލާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ