ރާކީ ސާވަންތު ބިގް ބޮސްގެ 14 ވަނަ ސީޒަނާއި ގުޅުނީ ވާދަވެރި ބައިވެރިއެއްގެ ގޮތުގަ އެވެ.

އެ ޝޯގެ ފުރަތަމަ ސީޒަނުގައި ވެސް ފެނިގެންދިޔަ ރާކީ މިފަހަރުގެ ސީޒަނަށް އައިސްފައި ވަނީ ކުރީ ސީޒަނަށް ވުރެ ވަރުގަދަކޮށެވެ. ނަމަވެސް އޭނާގެ ކައިވެނީގެ ސައްހަކަމާ މެދު ބިގް ބޮސްގެ ގޭތެރޭގައި ސުވާލުކުރާތީ އެތައް ފަހަރަކު އެކަމާ ހިތާމަކޮށްފައިވެ އެވެ.

ޝޯގެ ވަކި ހިސާބަކުން ރާކީ ވަނީ ރިތޭޝް ދިންކަމަށް ބުނާ ސިޓީއެއް ވީދާލުމަށްފަހު ކައިވެނި ރޫޅާލަން އެދޭ ކަމަށް ވެސް ބުނެފަ އެވެ. އަދި ބައްދަލުވެފައި ނުވާތާ ދެ އަހަރުވެފައިވާ ކަމަށާއި މާލީގޮތުން ވެސް އޭނާއަށް އެހީތެރިނުވާ ކަމަށް ރާކީ ބުންޏެވެ.

ސަލްމާން ހާން ވަނީ ރާކީ ބޭނުންވަނީ ޝޯގައި މަޑުކުރުން ނުވަތަ 14 ލައްކަ ރުޕީސްތޯ ސުވާލުކޮށްފަ އެވެ. ރާކީ ނިންމީ ފައިސާ ނަގައިގެން ޝޯ ދޫކޮށްލުމަށެވެ. އެ ފައިސާއިން އޭނާގެ ބިލްތައް ދައްކާ ނިންމަން ރާކީ ވަނީ ނިންމާފަ އެވެ.

ރާކީ އަކީ ބިގް ބޮސްގެ މި ސީޒަނުގައި އެންމެ ވަރުގަދަ އަދި، ޝޯ ކާމިޔާބުކުރުމާއި ވަރަށް ގާތަށް ދިޔަ ބައިވެރިއެކެވެ.