ނެޓްފްލިކްގެ ޝޯއެއް ކަމަށްވާ "ބޭބީ ރެއިންޑިއާ" މި އަހަރުގެ އެންމެ ކާމިޔާބު ތަފާތު އެއް ޝޯއެވެ.

މި ޝޯގައި އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެއް ކަމަށް އެ ޝޯގައި ބުނެ އެވެ.

މި ޝޯގެ ކެރެކްޓާއެއް ކަމަށްވާ މާތާއަކީ ސޮކޮޓިޝް އަންހެނެއް ކަމަށްވާ ފިޔޯނާ ހާވީގެ ހަޔާތަށް ބިނާ ކޮށްފައިވާ ކެރެކްޓާއެކެވެ. ފިޔޯނާއަކީ ފިރިހެނަށް ފާރަލައި ދުއްތުރާކޮށް ހެދުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ޖަލުގެ ހުކުމެއް ތަންފީޒްކޮށްފައިވާ މީހެކެވެ.

އުމުރުން 58 އަހަރުގެ ފިޔޯނާ ވަނީ އޭނާއާ ބެހޭގޮތުން ޝޯ ހެދުމުން އަބުރުގެ ދައުވާ ނެޓްފްލިކްސްއަށް ކޮށްފަ އެވެ. ލޮން އެންޖެލިސް ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާ މި ދައުވާގައި ޝޯގެ ސަަބަބުން ފިއޯނާއަށް ލިބުނު ގެއްލުމުގެ ބަދަލަކަށް 170 މިލިއަން ޑޮލަރު ބަދަލެއް ހޯދުމަށް އޭނާ ވަނީ ހުށަހަޅާފަ އެވެ.

ނެޓްފްލިކްސްއަށް އަބުރުގެ ދައުވާ ކުރި ފިއޯނާ ހާވީ

ނެޓްފްލިކްސްގެ މި ޝޯ ފެށޭއިރު، އެ ޝޯގައި ދައްކަނީ ހަގީގީ ކަންކަން ބުނެފައިވީ ނަމަވެސް ފިއޯނާ މިކަން ދޮގުކުރެެ އެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި ޝޯ ހެދި ފަރާތްތަކުން މި ޝޯ ހަދާފައި ވަނީ މީހެއް އަބުރު ކަތިލާ، ފައިސާއާއި މަޝްހޫރުކަމުގެ ދަހިވެތިކަމުގައި ކަމަށެވެ.