މިފަހުން ދުނިޔޭގެ ގިނަ ބަޔަކު ސިއްސުވާލި އެއް ހަބަރަކީ އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަން ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހަބަރެވެ.
މިދިޔަ ހުކުރު ދުވަހު ހިއްސާކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ކޭޓް ވަނީ އޭނާގެ ކެންސަރުގެ ތަޖުރިބާ އާއްމުންނާ ހިއްސާ ކޮށްފަ އެވެ.
"ފާއިތުވެ ދިޔަ މަސްތަކުގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބުނު ހެޔޮދުއާތަކަށް ޝުކުރުވެރިވަން. އެއީ އުނދަގޫ ވަގުތުތަކުން އަރައިގަތުމަށް މި އާއިލާއަށް ލިބުނު ބޮޑު ހިތްވަރެއް،" ކޭޓް ބުނެފައިވެ އެވެ.
ކީމޯތެރަޕީ ކުރިއަށް އޮތް މަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނަމުން ކޭޓް ބުނީ އޭނާއަށް ކެންސަރުގެ ފަރުވާގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ކޭޓް ވަނީ ކެންސަރުގެ ފަރުވާ ފެށި ފަހުން އާއްމުންގެ ތެރެއަށް ފުރަތަމަ ފަހަރަށް ނުކުމެފަ އެވެ. މިއީ ހަމަސް ދުވަހުގެ ތެރޭގައި ކޭޓް އާއްމުކޮށް ކޭޓް ފެނުނު ފުރަތަމަ ފަހަރެވެ.
އެގޮތުން މީގެ ދެ ދުވަސް ކުރިން އޮތް "ޓްރޫޕިން އޮފް ދަ ކަލާ" ހަފްލާގައި އާއިލާއާއެކު ކޭޓް ބައިވެރިވެފައިވެ އެވެ.
ހަމައެއާއެކު ހޫނު މޫސުމުގައި ވެސް އޭނާގެ އިތުރު ފެނިލުންތައް ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ކޭޓް ވަނީ ދީފަ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!
160 ފަހި ފްލެޓް ހިފަހައްޓައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހަނީ
ވިއެޓްނާމްގައި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކުޑަ ދޮރުން ފެނިލުން ފަދަ ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ އެ ކަމަނާ އަށް. އެހެންވީމަ ބަލިވެ އުޅެމުން ވެސް އެއްދުވަހު ބެލްކަންޏަށް ނުކުތުމަކީ ހަގީގަތުގަ މުސާރައާ ނުބައްދަލު ބުރަ މަސައްކަތެއް