ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ސީޒަން ހަތަރެއް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
"އިންޑިއާސް ބެސްޓް ޑާންސް 4" ގެ ޕްރޮމޯ ސޮނީ ޓީވީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ދައްކާފަ އެވެ. އެ ޕްރޮމޯގައި ބުނެފައިވާ ގޮތުން މިފަހަރުގެ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
މިފަހަރުގެ ޝޯގައި ޖަޖުންގެ ގޮތުންގައި ފެނިގެންދާނީ މީގެ ކުރީގެ ސީޒަންތަކުގައި ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވާ ގީތާ ކަޕޫރާއި ޓެރެންސް ލޫއިސް އެވެ. މީގެ އިތުރުން މިފަހަރުގެ ސީޒަނުގައި އަލަށް ޖަޖެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު ފެނިގެންދާނެ އެވެ.
ފުރަތަމަ ދެ ސީޒަންގައި މަލައިކާ ފެނިގެންދިޔަ އިރު 3 ވަނަ ސީޒަންގައި ސޮނާލީ ފެނިގެން ގޮސްފައިވެ އެވެ.
ޑާންސް ރިއަލިޓީ ޝޯ "އިންޑިއާސް ބެސްޓް ޑާންސާ 3" ކާމިޔާބު ކުރީ ސަމަރުޕަން އެވެ.
ސޮނީ ޓީވީން ގެނެސްދޭ މި ޝޯއަކީ އެތައް ބަޔަކު ބަލާ މަޝްހޫރު ޝޯއަކަށްވާ އިރު ދިވެހިންގެ ތެރޭގައި ވެސް މިއީ ބޮޑު ސަމާލު ކަމެއް ލިބިފައިވާ ޝޯއެކެވެ.
ސައުދީއަށް ދޭ ހަމަލާތައް ހުއްޓުވަން މިސްރުގެ އެހީ ހޯދަނީ
އުމުރާއެކު ހަށިގަނޑަށް ކަސްރަތު ބޭނުންވަނީ ކިހާ ވަރަކަށް؟
ކޮންމެ ދުވަހަކު ފިނި ފެނުން ފެންވެރުމުން މެޓަބޮލިޒަމް ރަނގަޅުވޭ؟
