ބޮލީވުޑްގެ ކާމިޔާބު ތަރި ކެޓްރީނާ ކައިފް އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނާ ހަބަރުތަކަށް އޭނާގެ ފިރިމީހާ ވިކީ ކައުޝަލް ރައްދު ދީފި އެވެ.

ވިކީގެ އެންމެ ފަހުގެ ފިލްމު "ބޭޑް ނިއުސް"ގެ ޓްރެއިލާ ރިލީޒް ކުރުމުގެ ހަފްލާގެ ތެރެއިން އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ވިކީ ބުނީ ދަރިއަކު ލިބޭނަމަ އެކަން މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.

"އުފާވެރި ހަބަރެއް ލިބިއްޖެނަމަ އެކަން މީޑިއާއަކަށް ނުފޮރުވާނަން. އެކަމަކު މިވަގުތަށް 'ބޭޑް ނިއުސް'ގެ އަޖުމަ ބަލާލާ،" ވިކީ ބުންޏެވެ.

2021 ވަނަ އަހަރު ޑިސެމްބަރު މަހު ކައިވެނިކުރި ވިކީއާއި ކެޓްރީނާއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ވިކީގެ "ބޭޑް ނިއުސް" ޖުލައި މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ. އެ ފިލްމުގައި ކެޓްރީނާގެ ކެމިއޯއެއް ވެސް ފެނިގެންދާނެ އެވެ.