ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަމީތާބް ބައްޗަންގެ ދޮށީ އުމުރުގައި ވެސް އޭނާ ކުރަމުންދާ ބުރަ މަސައްކަތަށް އެކްޓަރު އަޖޭ ދޭވްގަން ތައުރީފު ކޮށްފި އެވެ.
ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯއެއްގައި އަޖޭ ބުނީ އުމުރުން ދުވަސްވުމުން މަސައްކަތް ކުރުން ހުއްޓާލަން ނުޖެހޭ ކަމަށާއި އެކަމުގެ މިސާލަކަށް އަމީތާބު ފުދޭ ކަމަށެވެ.
"ސިއްހަތު ތަންދޭހާ ދުވަހަކު މަސައްކަތް ކުރުން ވަރަށް މުހިއްމު. އެހެންނޫނީ ތިންގުނަ އަވަހަށް މުސްކުޅި ވާނެ. މިސާލަކަށް އަމީތާބް ފުދޭ،" އަޖޭ ބުނެފައިވެ އެވެ.
އަޖޭ ވަނީ އުމުރުން 80 އަހަރުގައި ވެސް ރަނގަޅު ސިއްހަތެއްގައި އަމީތާބު ހުރުމުގެ ސިއްރަކީ މެދުނުކެނޑި މަސައްކަތުގައި ހަރަކާތްތެރިވުން ކަމަށް ބުނެފަ އެވެ.
އަމީތާބު އެންމެ ފަހުން ފެނިފައި ވަނީ ޕަރަބާސް، ކަމާލް ހަސާން އަދި ދީޕިކާ ޕަދުކޯންއާއެކު "ކަލްކީ 2898 އޭޑީ"އިންނެވެ. އެ ފިލްމަށް އަންނަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ.
އަޖޭގެ މަސައްކަތަތަކަށް ބަލާއިރު ދެން އޭނާ އެންމެ އަވަހަށް ފެންނާނީ ތާބޫ، ޖިމީ ޝޭރްގިލް އަދި ޝާންތަނޫ މަހޭޝްވަރީއާއެކު "އޯރޯ މޭ ކަހާ ދަމް ތާ" އިންނެވެ.
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން!
އުމުރުން 70ގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރަންވީ މިހާރު!
އެހެން މީހުންނަށް އެހީވުމަކީ ޒުވާންކަން އިތުރުވާ ކަމެއް: ދިރާސާ