ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 14 ވަނަ ސީޒަންގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

ޝޯގެ ހޯސްޓް، މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު އާންމުކުރި ޕްރޮމޯގައި ބުނީ ވަރަށް އަވަހަށް ޝޯ ގެނެސްދޭން ފަށާނެ ކަމަށެވެ. އެކަމަކު އަދި ތާރީހެއް ކަށަވަރެއް ނުވެ އެވެ.

"ހަތުރޯން ކޭ ކިލާޅީ 11" މި ފަހަރު ރޮމޭނިއާ އިން ގެނެސްދޭ އިރު، އޭގެ ޝޫޓިން އަށް އެ ގައުމަށް ދިޔައީ މިދިޔަ މޭ މަހުގެ ފަހުކޮޅު އެވެ. ޝޯގެ ޝޫޓިން މިހާރު އޮތީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ.

މިފަހަރުގެ ސީޒަންގައި ފެނިގެންދާނީ ތަރިންގެ ތެރޭގައި މީގެ ކުރިން ބިގްބޮސްގައި ފެނިގެން ގޮސްފައިވާ ޝާލިން ބަނޯތް، ޝިލްޕާ ޝިންޑޭ، އާސިމް ރިޔާޒް، އަބީޝޭކް ކުމާރު ހިމެނެ އެވެ. މީގެ އިތުރުން ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮޕް އާއި ޓީވީ އެކްޓަރު ގަޝްމީރް މަހަޖާނީ އާއި ނަޔަތި ފަޓްނާނީ އާއި ސުމޯނާ ޗަކްރަވަތީ ފެނިގެންދާނެ އެވެ.

https://www.instagram.com/p/C8w3YCBNQSG/

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން ކާމިޔާބު ކުރީ ރެޕަރު ލަވަކިޔުންތެރިޔާ ޑީނޯ ޖޭމްސް އެވެ.

"ހަތުރޯން ކޭ ކިލާޅީ"ގެ ކާމިޔާބު 13 ޝޯއެއް ވަނީ ގެނެސްދީފަ އެވެ. މިއީ އެމެރިކާގެ "ފިއާ ފެކްޓާ"ގެ އިންޑިއާގެ ވާޝަނެވެ. މީގައި ފެންނާނީ ސެލެބްރިޓީން، ނުރައްކާތެރި އެކި ސްޓަންޓްތައް ހަދާ ތަނެވެ.