އިންޑިއާގެ ދެކުނު ފިލްމީ ދާއިރާގައި މަޝްހޫރު ބަތަލާ ސްރިލީލާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 23 އަހަރުގެ ބަތަލާ ސްރިލީލާއަށް މިހާރު ބޮލީވުޑްގެ ދެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތުން އިބްރާހިމް އަލީ ޚާނާއެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރިފޯޓްތައް ބުނެ އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ "ޑިލަރު" އެވެ. އެކްޓަރު ސައިފުގެ ދަރި އިބްރާހިމް ވެސް އަންނަނީ ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުންނެވެ.

އިބްރާހިމާއެކު އިތުރުން ސްރިލީލާ އަށް ވަނީ ވަރުނާއެކު ވެސް ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމަކީ ވަރުން ދަވަން އާއި އެކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ހެދުމަށް ތައްޔާރުވަމުން އަންނަ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ނަން އަދި އިއުލާން ނުކުރި ނަމަވެސް މި ފިލްމަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެޅުވުމަށް ތާވަލް ކޮށްފައިވާ ފިލްމެކެވެ

އެމެރިކާގެ ޑިޓްރޮއިޓަށް އުފަން ސްރީލީލާ އެކްޓިން އަށް ނުކުތީ 2017 ގަ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި މަހޭޝް ބާބޫގެ "ގުންތޫރު ކާރަމް" އެވެ. ސްރީލީލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޮބިންހުޑް" އާއި "އުސްތާދު ބަގަތު ސިންގް" ހިމެނެ އެވެ.