ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ފުލުހަކާއި އޭނާގެ އާއިލާއަށް ބިރުދައްކަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމާ ގޭންގަކާ ގުޅުމެއްވާކަން އެނގިފައި ނުވާ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ ޝޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް ހަވާލާ ދެއްވަމުންނެވެ.
އެ ޕޯސްޓުގައި މީހަކު ބުނެފައި ވަނީ ހުޅުމާލޭގައި މަސައްކަތްކުރާ ފޮރެންސިކް ފުލުހެއްގެ އަނބިމީހާއަށް އޭނާގެ ދަރިފުޅު ކުރިމަތީގައި ބަޔަކު ބިރުދައްކާފައިވާ ކަމަށެވެ. އަދި މިކަން ކުރަނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޑްރަގް މައްސަލައަކާ ގުޅުންހުރި ގޭންގަކުން ކަމަށް އޭނާ ބުނެ އެވެ.
މިދިޔަ މަހު ފަހުކޮޅު ފުވައްމުލަކުގައި ވެސް ވަނީ ފުލުހުންގެ މަސައްކަތަށް ބަޔަކު ހުރަސް އެޅުމުގެ ސަބަބުން ހަމަނުޖެހުންތަކެއް ހިނގާފަ އެވެ.
ހާއްސަ އެވޯޑަކާއެކު ވީއެމްއޭ އެވޯޑްސްގެ އާ ރެކޯޑެއް ޓޭލާއަށް؟
ބޫޓާއި ފައިވާނުގެ ސަބަބުން ކަކުލުގެ މައްސަލަތަކަށް މަގުފަހި ވޭތަ؟
"މަޖުނޫނު"ގެ އަސަރުގަދަ ޓްރެއިލާ ބަލައިފިންތަ؟