ސީމާ (އަސްލު ނަމެއް ނޫން) އަކީ 16 އަހަރު ވަންދެން ކައިވެނީގައި ގެވެށި އަނިޔާ ތަހައްމަލު ކޮށްފައިވާ މީހެކެވެ. ކައިވެނީގައި ތަހައްމަލު ކޮށްފައިވާ ގެވެށި އަނިޔާގެ ސަބަބުން ސީމާގެ ނަފްސާނީ މައްސަލަތަކެއް ހުރެ އެވެ. އަމިއްލަ ރަށުގައި އަމިއްލަ ގެދޮރެއް ނެތް ސީމާ ދެ ދަރިންނާއެކު މިވަގުތު ދިރިއުޅެމުންދަނީ އޭނާގެ ދޮންބައްޕަގެ ގެއިން ކޮއްކޮއަށް ލިބިފައިވާ ބައިގަ އެވެ.
އެކަނިވެރި މައިންނަށް ލިބޭ 2،000 ރުފިޔާއިން ސިމާގެ ކުދިންނަށް ޒަރޫރީ ކަންކަން ފުރިހަމަ ކުރެވެނީ ކިރިޔާ އެވެ. ކުދިންގެ ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ސީމާއަށް ނުލިބެ އެވެ.
ސީމާގެ އާއިލާ ދިރިއުޅުމުގެ ހާލަތު
މަމްސް އެއިޑް އިން އާންމުކޮށްފައިވާ މައުލޫމާތުގައި ސީމާ މި ވަގުތު ދިރިއުޅެމުންދަނީ ކުދިން ގޮވައިގެން ދިރިއުޅެން އެކަށޭނެ މާހައުލެއްގައެއް ނޫނެވެ. ނިދާ ކޮޓަރީގެ ފާރުގައި ރެނދުލައި އެތެރެއަށް ފެން ވަދެ އެވެ. ފެނުގެ ސަބަބުން ކަރަންޓު ޝޯޓުވެ އެވެ. އެތެރެއަށް ފެން ވަނުމުގެ ސަބަބުން ތަނުގެ ވަސް ނުބައިވެ، ބިޗޫ ފަދަ އެއްޗެހީގެ އުނދަގޫ ޖެހެ އެވެ. ނިދަން ބޭނުން ކުރާ ގޮދަޑި އާއި ބާލިސް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. އަލަމާރިއެއް ނުހުރެ އެވެ. ނިދާ ތަނަކީ ސީލިން ކޮށްފައިނުވާ އުދާސް ތަނެކެވެ. ކޮޓަރީގެ ހާލަތު މިހެން ހުރުމުގެ ސަބަބުން ހަމަނިދި ނިދާލެވޭ ވަރެއް ނުވެ އެވެ.
ދިރިއުޅޭ ތަނުގެ މަދު ފަރުނީޗަރުކޮޅު ވެސް ހުރީ ފެންޖެހި ފީވެ އެއްކޮށް ހަލާކުވެފަ އެވެ. ބަދިގެ ހުުންނަނީ ރަނގަޅަށް ހިޔާ ނުކޮށެވެ. ބަދިގެ ސާމަނު ބަހައްޓާނެ ތަނެއް ނެތުމުން ހުންނަނީ ބިިންމަތީގަ އެވެ. ސިންކް ވެސް ބަހައްޓާފައި ހުންނަނީ ގެެއާ މާދުރުން ވަކިންނެވެ. ސިޓިިންރޫމް ބައި ހުންނަނީ އެޅިގަލުން ހަދާފަ އެވެ. އަދި ސިޓިންރޫމްގެ ފުރާޅުގެ އެއްބައި ވަނީ ވެއްޓިފަ އެވެ. ފާހަނާ ކުރުމަށް ބޭނުންކުރަނީ ހިޔާ ނުކޮށް ހުންނަ ގިފިލިއެކެވެ. މިއީ ސީމާގެ ދިރިއުޅުމުގެ ހާލަތުގެ ކުރު ހުލާސާއެކެވެ.
މަމްސް އެއިޑްގެ އެދުން
މަމްސް އެއިޑްގެ އެދުމަކީ ފަންޑްރެއިސް މެދުވެރިކޮށް މި އާއިލާ ދިރިއުޅެމުންދާ ގޭގެ ކުރަންހުރި މުހިއްމު މަރާމާތްތައް ކޮށްދިނުމުގެ އިތުރުން، ސީމާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމެވެ. އަދި ދިވެހިންގެ ދީލަތި އެހީ އިން ސީމާގެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަަަދަލުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދިނުމެވެ.
ސީމާގެ މި އާއިލާއަށް އެހީތެރިވުމަށް ކުޑަ ނަމަވެސް އެހީއެއް ވެދޭށެވެ!
Moms aid donation
އެހީތެރިކަން ފޯރުކޮށްދިނުމަށް:
MVR 7730000562469
USD 7730000562470
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 7349392 / 7349393