ގިނަ އުފެއްދުންތަކެކޭ އެއްގޮތަށް ސެންޓަކީ ވެސް މުއްދަތު ހަމަވޭ އެއްޗެކެވެ. ގިނަ ދުވަސްވާ ވަރަކަށް ސެންޓުގައި ހިމެނޭ ބައެއް މާއްދާތައް އޮކްސިޑައިޒްވެ ނުވަަތަ އިވަޕޮރޭޓްވެގެންދާނެ އެވެ.

ސެންޓުގެ ވަސް ނުބައިވުމަށް މަގުފަހިވާ މައިގަނޑު މާއްދާތަކަކީ ގުދުރަތީ ތެޔޮ އެކްސްޓްރެކްޓްސް ކަމަށްވާ ސިޓްރަސް އާއި ފްލޯރަލް ވަސް އަދި ބައެއް އީއު ޑި ޓޮއިލެޓް ބާވަތްތަކުގެ ސިންތެޓިކް މަސްކް މޮލިކިއުލްސް އެވެ. އެކަށީގެންވާ ވަރަށް ވައި، އަލި، ނުވަތަ ހޫނު ގަދަވުމުން، މި މާއްދާތަކުގެ ވަސް ގެއްލި ނުވަތަ ނުބައި ވަސް ދުވުމަށް މެދުވެރިވެ އެވެ.

ސެންޓުގެ ކޮމްޕޮޒިޝަންގެ ސަބަބުން އެކި ބާވަތްތަކުގެ މުއްދަތު ހަމަވާ ތާރީހުތައް ތަފާތުވެ އެވެ. އީއު ޑި ޕާފިއުމް އާންމުގޮތެއްގައި 3 އަހަރަށް ދެމިގެންދާއިރު، އީއު ފްރެއިޗަށް 1-2 އަހަރާ ދެމެދުގެ ދެމިހުރެ އެވެ. އަދި ޕާފިއުމް އެކްސްޓްރެކްޓްސް 5 އަހަރާ ހަމައަށް ދެމިހުންނަނީ އޭގައި ހުންނަ އެސެންޝަލް އޮއިލްގެ ކޮންސެންޓްރޭޝަން ދަށްވުމުގެ ސަބަބުންނެވެ.

މިއާ ޚިލާފަށް ފިރިހެނުންގެ ބޮޑީ ސްޕްރޭ ގެ މުއްދަތު ވަރަށް އަވަހަށް ހަމަވަނީ އެހެން ބާވަތްތަކުގެ ކޮލޯންތަކުގައި ހިމެނޭ އެހެނިހެން މާއްދާތަކަށް ވުރެ އަލްކޮހޯލް ކޮންޓެންޓް ގިނަވުމުގެ ސަބަބުންނެވެ.

ސެންޓުގެ ކޮލެޓީ ދިގު މުއްދަތަކަށް ހިފަހައްޓާނެ އެއް ގޮތަކީ ސީދާ އިރުގެ އަލިން ނުވަތަ ހޫނުގެ ވަސީލަތްތަކުން ދުރުގައި ރައްކާކުރުމެވެ. އަދި ފުޅީގެ ތެރެއަށް މާ ގިނައިން ވައި ނުވަންނާނެ ފަދަ ޓައިޓް ލިޑެއް ހުރިތޯ ޔަގީންކުރާށެވެ. އެހެން ނޫންނަމަ މާގިނައިން އޮކްސިޖަން އޭގެ ތެރެއަށް ވަދެ ސެންޓުގެ ވަސް ގޯސް ވެދާނެ އެވެ.