އުތުރު ކެރަބިއަން ރަށެއް ކަމަށްވާ ޔޫނިއަން އައިލެންޑަށް ހަރިކޭން ބެރިލް އަަރާ މުޅި ރަށް އެއްކޮށްހެން ފުނޑުފުނޑުވެއްޖެ އެވެ.

ހަރިކޭން ބެރިލްގެ ސަަބަބުން ޔޫނިއަން އައިލެންޑްގެ ހުރިހާ އިމާރާތެއްހެން ވަނީ ބިމާ ހަމަވެފަ އެވެ. ގާތްގަނޑަކަށް 3،000 މީހުން ދިރިއުޅޭ މި ރަށުގަައި ތޫފާނުގެ ސަބަބަން މަގުތައް ބެދި، ކަރަންޓްގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. އަދި ރަށުގެ އެންމެންހެން ވަނީ ދިރިއުޅޭނެ ތަނެއް ނެތިފަ އެވެ.

މި ރަށުގެ މަސްވެރިއެއް ބުނި ގޮތުގައި 2004 ގައި ވެސް މި ރަށަށް ވަނީ ތޫފާނެއް އަރާފަ އެވެ. އެކަމަކު ހަރިކޭން ބެރިލްވެގެން ދިޔައީ ހަޔާތުގައިވެސް ފެނުނު އެންމެ ވަރުގަދަ ތޫފާނަށެވެ.

ޔޫނިޔަން އައިލެންޑް

"މި ރަށަށް ހީވަނީ ނަގޫރޯޅިއެއް އަރާފައޮތްހެން. ރަށުގެ ނުވަދިހަ ޕަސެންޓް ހެން އެއްކޮށް ފޮހެވިއްޖެ،" ތޫފާނުގެ އަސަރު މިހާ ގޯސް ވާނެ ކަމަށް ހިޔެއް ނުކުރަން،" މަސްވެރިޔާ ސެބާސްޓިއަން ސެލީ ބުންޏެވެ.

ޔޫނިއަން އައިލެންޑަކީ ކެރެބިއަން ގެ ގައުމެއް ކަމަށްވާ ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑިންސް ގެ ރަށެކެވެ.