އާނަންތު އަމްބާނީއަކީ އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނު އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ހަގު ދަރިއަށްވާއިރު އޭނާގެ މިލްކިއްޔާތުގައި ވެސް އަގުހުރި އެތައް މުދަލެއްވެ އެވެ. އެގޮތުން އޭނާގެ މިލްކިއްޔާތަށް ނަޒަރެއް ހިންގާލާނަމެވެ.

ދުބާއީއިން ގެއެއް

2022 ވަނަ އަހަރު އާއްމުވި ރިޕޯޓެއްގައި މުކޭޝް އަމްބާނީ އޭނާގެ ދަރިފުޅަށް ދުބާއީގެ ޕާމް ޖުމައިރާއިން ސީ ފޭސިން ވިލާއެއް ވަނީ ހަދިޔާ ކޮށްފަ އެވެ. އެގޭގެ އަގު 80 މިލިއަން ޑޮލަރަށް އަރަ އެވެ. ދިހަ ކޮޓަރީގެ އެގޭގައި ސްޕާއެއްގެ އިތުރުން 70 މީޓަރު ދިގު ޕްރައިވެޓް ބީޗެއް އެކުލެވެ އެވެ.

ރިޗާޑް މިލްގެ އެކްސްކްލޫސިވް ގަޑިއެއް

އާނަންތުގެ ގަޑީގެ ކަލެކްޝަނަކީ މީޑިއާއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އޭނާގެ ކަލެކްޝަނުގައި އަގުބޮޑު އެތައް ގަޑިއެއް ހިމެނޭއިރު އޭގެ ތެރެއިން ވެސް ރިޗާޑް މިލްގެ އެކްސްކްލޫސިވް ޑިޒައިންގެ ގަޑިއަކީ ފާހަގަކޮށްލެވޭ ގަޑި އެކެވެ. 12.5 ކްރޯޑް ރުޕީސްގެ އެ ގަޑީގެ ވިއްކާފައިވަނީ ވެސް 12 ގަޑި އެވެ.

ރޯލްސް ރޯއީސް ކާރެއް

ރޯލްސް ރޯއީސް ފޭންޓަމް ކާރަކީ އާނަންތު އަމްބާނީގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު ކާރެވެ. 9.5 ކްރޯޑް ރުޕީސްއިން އަގުފެށޭ އެ ކާރަކީ 453 ބީއެޗްޕީގެ ކާރެކެވެ.

ބެންޓްލީ ކާރެއް

އަގުގައި 4.5 ކްރޯޑް ރުޕީސް ހުންނަ ބެންޓްލީ މޮޑެލްގެ ކާރަކީ އާނަންތުގެ ބޭނުންތަކަށް ފެތޭ ގޮތަށް ކަސްޓަމައިޒްކޮށް އުފައްދާފައިވާ ކާރެކެވެ.