ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ތިން ވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަކްޝޭ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އޭނާގެ އެންމެ ފަހު ފިލްމު "ސަރްފީރާ" ގެ ޕްރޮމޯޝަންތަކުގައި އުޅެނިކޮށް ފެނުނު އަލާމާތްތަކާ ގުޅިގެން ހެދި ޓެސްޓުތަކުންނެވެ. މިއީ އަކްޝޭ ކޮވިޑަށް ފޮޒިޓިވްވި ތިން ވަނަ ފަހަރު އެވެ.

އަކްޝޭ އަށް އެންމެ ފުރަތަމަ ކޮވިޑް މި ބަލި އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރުގެ ތެރޭގައި 2021 އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން 2022 ގެ މެއި މަހުގެ ތެރޭގައި ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ.

އަކްޝޭ އަށް ކޮވިޑަށް ޕޮޒިޓްވުމާ ގުޅިގެން މުމްބާއީގައި އިއްޔެ ވަރަށް ކުލަގަދަކޮށް ބާއްވާ މަހުޖަނު، މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު ވެސް މި ވަނީ ގެއްލިފަ އެވެ. މިހަފްލާގައި ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.

އަކްޝޭ ކޮވިޑަށް ޕޮޒިޓިވްވެފައިރު އޭނާގެ އެންމެ ފަހު ފިލްމު އިއްޔެ ވަނީ ސިނަމާގައި ރިލީޒްކޮށްފަ އެވެ. އެއީ އޭނާގެ 150 ވަނަ ފިލްމެވެ.

"ސަރްފިރާ" އަކީ ތަމިލް ބްލޮކްބަސްޓަ ފިލްމު "ސޫރަރައި ޕޮޓްރޫ" ގެ ރީމޭކެކެވެ. މި ފިލްމު ވަނީ ފަސް ނެޝަނަލް އެވޯޑު ހޯދާފަ އެވެ.

"ސަރްފިރާ" ގެ ޓްރެއިލާ ވަނީ ޔޫޓިއުބްގައި 2024 ވަނަ އަހަރުގެ އެންމެ ގިނައިން ބެލި ޓްރެއިލަރުގެ ރެކޯޑު ހަދާފަ އެވެ.