އާތްރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ ނަމަ ކަކުލުގައި ރިއްސުމަކީ އާންމު ކަމެކެވެ. މި ރިިއްސުން އަންނަނީ ކަކުލުގައި އުފެދޭ އިންޕްލެމޭޝަންއެއްގެ ސަބަބުންނެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅުމުން އެ ޖޮއިންޓަކީ ޒަހަމްވެފައިވާ ނުވަތަ ބަލިޖެހިފައިވާ އެއްޗެއްގެ ގޮތުގައި ދެކި، އިންފްލެމޭޝަން އުފައްދައި، ކަކޫ ރިއްސުމަށް މެދުވެރިވެ އެވެ

ނަމަވެސް މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒްގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން އާ އުއްމީދުތަކެއް ލިބިއްޖެ އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި އުމުރުން 60 އަހަރުން މަތީގެ 2،600 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ އެނަލައިޒްކޮށް ބެލި އިރު، ބައިސްކަލް ދުއްވުމުން ހައިރާންކުރުވަނިވި ފައިދާއެއް ލިބޭ ކަން ވަނީ އެނގިފަ އެވެ.

ސައެންސްވެރިންނަށް އެނގިފައިވާ ގޮތުގައި އާތްރައިޓިސް ޖެހިފައިވާ މީހުންގެ ތެރެއިން ހަޔާތުގައި ކޮންމެވެސް ވަރަށް ބައިސްކަލް ދުއްވި މީހުން ކަކުލުގައި ރިއްސަން ފެށުމުގެ ފުރުސަތު 21 ޕަސެންޓު ކުޑަ ކަމަށް ވަނީ އެނގިފަ އެވެ.

ރާޖާޖީ ނަގަރުގެ ފޯޓިސް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް- އޯތޮޕެޑިކްސް ޑރ. ވިނޭ ކުމާރަސްވާމީ ވިދާޅުވީ ބައިސްކަލް ދުއްވުމަކީ އާތުރައިޓިސް އާއި ކަކުލުގައި ރިއްސުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ގިނަ ފައިދާތަކެއް ލިބޭ ކަމެއް ކަމަށެވެ.

"ބައިސްކަލު ދުއްވުމަކީ ލޯ އިމްޕެކްޓް ކަސްރަތެއް. ދުވުން ފަދަ ހަރަކާތްތަކާ އަޅާބަލާއިރު ޖޮއިންޓްތަކަށް ކުރިމަތިވާ ސްޓްރެސް ކުޑަ ވާނެ. މިކަމުގެ ސަބަބުން ވެއާ އެންޑް ޓިއާ ދަށްވެ، ކޮންޓިނިއުސް ޕެޑަލް މޯޝަން [މެދުނުކެނޑި ފައި ލަނބާ ހެދުން]ގެ ސަބަބުން ހުޅުތަކަށް މުހިއްމު ލުބްރިކަންޓެއް ކަމަށްވާ ސައިނޯވިއަލް ފްލުއިޑް އުފެއްދުން އިތުރުކޮށްދޭ،" ޑރ. ވިނޭ ކުމަރަސްވާމީ ވިދާޅުވި އެވެ.