ކާމިޔާބު ނެޓްފްލިކްސް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ސީޒަން 5ގެ ފުރަތަމަ ފެނިލުން އެ ކުންފުނިން ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އެގޮތުން ނެޓްފްލިކްސްއިން ނެރުނު ކެމެރާ ފުރަގަހުގެ ވީޑިއޯއެއްގައި އެ ސީރީޒްގެ ތަރިން އެމީހުންގެ ކެރެކްޓަރަށް ތައްޔާރުވެގެން ތިބި މަންޒަރު ފެނެ އެވެ.

"އަހަރެން މި ޝޯ ފެށީ އުމުރުން 10 އަހަރުގައި. މިހާރު އަހަންނަށް 20 އަހަރު. ވަރަށް ތަފާތު އިހްސާސެއް ކުރެވެނީ" މިލީ ބޮބީ ބްރައުން ބުންޏެވެ.

https://www.youtube.com/watch?v=vEhYTJpC2No

އެއާއެކު ވިލް ބަޔާސްގެ ރޯލުން ފެންނަ ނޯއާ ބުނީ މިފަހަރުގެ ސީޒަން ވަރަށް ތަފާތުވާނެ ކަމަށާއި މިއީ މިހާތަނަށް ނެރުނު އެންމެ މޮޅު ސީޒަންއަށް ވާނެ ކަމަށެވެ.

މިއީ އެ ސީރީޒްގެ އެންމެ ފަހު ސީޒަންއަށް ވާއިރު އެ ސީޒަންގައި ހިމެނޭ 8 އެޕިސޯޑަކީ ވެސް ކުރީގެ އެޕިސޯޑުތަކަށްވުރެ ދިގު އެޕިސޯޑުތަކަކަށް ވާނެ ކަމަށް މާޔާ ހޯކޭ ބުންޏެވެ.

"ސްޓްރޭންޖާ ތިންގްސް" ސީޒަން 5ގެ ޝޫޓިން ފަށައިގެން މެދަކާ ހަމައަށް ގޮސްފައިވާއިރު އެ ސީޒަން ރިލީޒް ކުރާނެ ކަމަށް ބެލެެވެނީ 2025 ވަނަ އަހަރު އެވެ.