ފާޚާނާގައި ބޭނުންކުރާ 4،500 ސައުދީ ރިޔާލުގެ ލަގްޒަރީ ފައިވާނެއް ވީޑިއޯ ވައިރަލް ވެއްޖެ އެވެ.
ކުވައިތީ އިންސައިޑްގެ ނަމުގައި އިން އިންސްޓަގްރާމް އެކައުންޓަކުން ލާފައިވާ މި ވީޑިއޯގައި ދައްކަނީ 4،500 ރިޔާލު ނުވަތަ 1،200 ޑޮލަރަށް ދޭ ފެން ފައިވާނެކެވެ. މި ފައިވާން ބޮޑަށް ވައްތަރީ ދިވެހިިން ވެސް ކުރީގައި އާންމުކޮށް އަރައި އުޅުނު ހުދާއި ނޫކުލައިގެ ފެންފައިވާނަކާ އެވެ.
މި ވީޑިއޯ ވައިރަލްވުމުން އިންޑިޔާގައި ވެސް މީހުން ދަނީ މިކަމާ ވަރަށް ބޮޑަށް ޖޯކު ޖަަހަމުންނެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ އެއް ޔޫސާއެއް ބުނި ގޮތުގައި އަދި މި ފައިވާނަކީ އަރަން ހުންނަ ފައިވާނެއް ނޫން ކަމަށާއި ކުޑައިރު މަންމަ ދަރިން "އިސްލާހުކުރަން" ބޭނުންކުރި އެއްޗެއް ކަމަށެވެ.
"މުއްސަނދިންނަށް މިހާރު ކޮންމެ އެއްޗެއް ވެސް ބޮޑު އަގުގައި ވިއްކަފާނެ!" އެހެން ސޯޝަލް މީޑިއާ ކޮމެންޓެއްގައި އޮތެވެ.
ފަހަކަށް އައިސް ލަގްޒަރީ ބައެއް ޕީސްތަކަކީ އާންމުކޮށް ވަރަށް އާދައިގެ ގޮތަކަށް ހެދުމަށް ފަހު ބޮޑު އަގުގައި ވިއްކަން ހުންނަ ތަކެތިކަން ވަނީ ފާހަގަވެފަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!