ޖަޕާނުގެ ޓޯކްޔޯގައި 14 ކުދިން އަދާހިލާފަށް ކުޅިގަދަ ޗިޕްސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

ފަރުވާ ދޭން ޖެހިފައި ވަނީ އެއް ކުލާހެއްގެ ކުދިންނެވެ. އެކުދިން ކައިފައި ވަނީ އެތަނުން އެއްކުއްޖަކު ކްލާހަށް ގެނައި ޗިޕްސް ޕެކެޓްތަކެކެވެ.

އެ ކުލާހުގެ 13 އަންހެން ކުއްޖަކާއި އެއް ފިރިހެން ކުއްޖެއް އެމަޖެންސީގައި ގެންގޮސްފައި ވަނީ ހޮޑުލައި ބަނޑުގައި ރިއްސާތީ އެވެ.

މި ޗިޕްސް އުފެއްދި ކުންފުނިން ވަނީ މިކަމަށް މާފަށް އެދި ކުދިންނަށް އަވަސް ފަރުވާއަކަށް އެދިފަ އެވެ. އިސޮޔަމާ ކޯޕްއިން އުފައްދާ މި ޗިޕްސް ޕެކެޓްގައި 18 އަހަރުން ދަށުގެ ކުދިން އެ ނުކެއުމަށް ޖަހާފާ އޮވެ އެވެ. އަދި ކިތަންމެ ކުޅިކޮށް ކާ މީހެއް ވެސް ފަރުވާތެރިކަމާއެކު އެ ކެެއުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައިވާ ގޮތުގައި ލޭގެ ޕްރެޝަރު މަތިވެ ބަނޑު ބަލިކަށި މީހުންނަށް މި ޗިޕްސް ކެއުމަކީ "މުޅިން މަނާ" ކަމެކެވެ. އެއްވެސް ވަރަކަށް އަތް ކަނޑާއިގެން ގޮސްފައި ހުރި މީހަކު ޕެކެޓްތައް ހުޅުވާއިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޖަޕާނުގެ އެ ކުންފުނިން ނަސޭހަތްތެރިވެ ބުނެފައި ވަނީ "އެކަނި އުޅޭއިރު ޗިޕްސް ނުކެއުމަށް" ކަމަށާއި "މާ ގިނައިން" ކައިފިނަމަ ޑައިރިއާ ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ޗިޕްސް ކުޅިކޮށްފަައި ވަނީ އިންޑިއާގެ އިރު އުތުރުގައި ހައްދާ ބާރުގަދަ "ގޯސްޓް ޕެޕާ" އިންނެވެ. އިންޑިއާ އާއި އެހެނިހެން ގައުމުތަކުގެ ރެސިޕީތަކުގައި މި މިރުސް ބޭނުންކުރެ އެވެ. މިއީ ދުނިޔޭގައި އެންމެ ކުޅި މިރުސްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.