މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އަމިއްލަ އަލްބަމް "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް"ގެ އާ ސިންގަލްސް ލަވަ އިއުލާން ކޮށްފި އެވެ.

"އައި ކޭން ޑޫ އިޓް ވިތު އަ ބްރޯކަން ހާޓް"ގެ ނަމުގައި ނެރޭ އެ ލަވަ ވެގެންދާނީ އެ އަލްބަމްގައި ހިމެނޭ 16 ލަވައިގެ ތެރެއިން ލަވައަކަށެވެ.

ޓޭލާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ބުނެފައިވަނީ އޭނާގެ އާ ލަވަ ނެރޭނީ އިންސްޓްރޫމެންޓަލް ވާޝަންއަކާ ވެސް އެކުގައި ކަމަށެވެ.

https://youtu.be/i8_w_m6HLJ0?si=sfmlf7EKF3FQfaOW

"ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް"އަކީ އެމެރިކާގައި އެންމެ ގިނައިން ވިކޭ 10 އަލްބަމްގެ ތެރޭގައި ހިމެނޭ އަލްބަމް އަކަށްވާއިރު އެ އަލްބަމްގެ ލަވަތަކަކީ ވެސް ޗާޓުތަކުގެ ކުރީގައި އުޅޭ ލަވަތަކެވެ.

އީރާސް ޓުއާގެ އިންޓަނޭޝަނަލް ޝޯތަކަށް މިވަގުތު ޔޫރަޕްގައި ހުރި ޓޭލާގެ އީރާސް ޓުއާގެ ޝޯތައް ދެން އޮންނާނީ އޮކްޓޯބަރު މަހުގެ 18 އިން ފެށިގެން އެެމެރިކާ އަދި ކެނެޑާގަ އެވެ.

ޓޭލާ ވަނީ ކާމިޔާބު ޝޯތަކަކަށްފަހު އަންނަ ޑިސެމްބަރު މަހު އީރާސް ޓުއާ ނިންމާލާނެކަން މީގެ ކުރިން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.