މިހާރު ބިގްބޮސް އޯޓީޓީ 3 ގައި ބައިވެރި ވެގެން އުޅޭ އަރްމާން މާލިކްގެ ދޮށީ އަނބި ޕާޔަލް މާލިކް ވަރިވާން ނިންމިކަން އިއުލާންކޮށްފި އެވެ.
ޕާޔަލް މިކަން އިއުލާނުކޮށްފައިވަނީ އޭނާގެ ވްލޮގްގަ އެވެ.
ފާޔަލް ބުނެފައި ވަނީ އޭނާ ވަނީ އަރްމާން ކައިރިން ވައިރިވުމަށް ނިންމާފައިވާ ކަމަށާއި މިކަމާ ބެހޭ ގޮތުން އަރްމާން ބިގްބޮސް ގެއިން ނިކުތުމުން މަޝްވަރާ ކުރާނެ ކަމަށެވެ. މިގޮތަށް ނިންމީ އޭނާއަށް މީހުންކުރާ ނަފްރަތުތައް އޭނާގެ ދަރިންނަށް ރައްދުވާ ފެށުމުން ކަމަށް ވެސް ޕާޔަލް ބުންޏެވެ.
މިވާހަކަތައް ޕާޔަލް ހިއްސާކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ޕާޔަލްއަށް އަމާޒުވި އެވެ. ބައެއް މީހުން ބުނެފައި ވަނީ މިއީ ޕާޔަލް މީހުންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.
މިހާރު ދައްކަމުންދާ ބިގްބޮސް އޯޓީޓީ 3 ގައި އަރްމާން މާލިކާއެކު ދެ އަނބިން ބައިވެރި ވެފައިވެ އެވެ. ނަމަވެސް ޕާޔަލް ވަނީ ޝޯއިން އެލިމިނޭޓް ވެފަ އެވެ. މިހާރު ބިގްބޮސް ގޭގައި ތިބީ އަރްމާން އާއި އޭނާގެ ހަގު އަނބި ކްރިތިކާ އެވެ.
މީގެ ކުރިން ދިން އިއްޓަވިއުއްގައި ޕާޔަލް ބުނެފައި ވަނީ އަރްމާން އޭނާގެ ބެސްޓް ފްރެންޑާ ކައިވެނި ކުރުމުން ވަރަށް ދެރަވި ކަމަށެވެ. އަދި އެއްވެސް ފިރިހެނަކު އަންހެނަކާމެދު އެހެން ކަންތައް ކުރުމަށްވުރެ ހިތްދަތިކަމެއް ނުދެވޭނެ ކަމަށާއި ގެއަށް އެހެން އަންހެނެއް ގެނައުމުން އަނބިމީހާ އަށް ކެތް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އަރްމާން 2011 ވަނަ އަހަރު ޕަޔާލް އާއި ކައިވެނި ކުރިއިރު، އޭގެ ހަ އަހަރު ފަހުން އަރްމާން ކައިވެނި ކުރީ ޕަޔާލްގެ އެންމެ ގާތް އެކުވެރިޔާ ކްރިތީކާ މަލިކް އާއެވެ. އެމީހުންނަށް ވަނީ ހަތަރު ކުދިން ލިބިފަ އެވެ.