ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 14 ވަނަ ސީޒަން މި މަހުގެ 27 ގައި ފަށާނެކަން އިއުލާންކޮށްފި އެވެ.

ތާރީހާ އެކު މިހާރު އަންނަނީ ޝޯގެ އާ ޕްރޮމޯތަކެއް ވެސް ދައްކަމުންނެވެ. "ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝެނެވެ. އެ ގައުމުގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ސެލެބްރިޓީންނާ އެކި ގެނެސްދޭ ޝޯގައި ފެންނާނީ ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތައް ހަދާ ތަނެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ 14" މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ އިރު، ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.

މި ފަހަރުގެ ޝޯ ޝޫޓްކޮށްފައި ވަނީ ރޮމޭނިއާ އެވެ.

މިފަހަރުގެ ސީޒަންގައި ފެނިގެންދާނީ ތަރިންގެ ތެރޭގައި މީގެ ކުރިން ބިގްބޮސްގައި ފެނިގެން ގޮސްފައިވާ ޝާލިން ބަނޯތް، ޝިލްޕާ ޝިންޑޭ، އާސިމް ރިޔާޒް، އަބީޝޭކް ކުމާރު ހިމެނެ އެވެ. މީގެ އިތުރުން ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮޕް އާއި ޓީވީ އެކްޓަރު ގަޝްމީރް މަހަޖާނީ އާއި ނަޔަތި ފަޓްނާނީ އާއި ސުމޯނާ ޗަކްރަވަތީ ފެނިގެންދާނެ އެވެ.

https://www.instagram.com/p/C9XJ82NS01V/

ރޯހިތު ބުނެފައިވާ ގޮތުގައި މި ފަހަރުގެ ސީޒަނަކީ ޝޯ މުޅިން ތަފާތު ހަރުފަތަކަށް ގެންގޮސް ދީފައިވާ ސީޒަނެކެވެ.

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން ކާމިޔާބު ކުރީ ރެޕަރު ލަވަކިޔުންތެރިޔާ ޑީނޯ ޖޭމްސް އެވެ.