"މާލެ ފަހި ޕްރޮގްރާމް" ރައީސް މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ. ރައީސް މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފަ އެވެ.
މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ގާނޫނާއި ގަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.
މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ ޓްރާންސްޕޯޓް މިނިސްޓްރީން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ކެފެއިން: ހަކުރު ބަލިން ދުރު ކޮށްދޭތަ؟
ރައީސް ޔާމީން އާއެކު ޒުވާނުންގެ "ރައިޒްއަޕް' ހަރަކާތް މިރޭ
މި އަހަރުގެ މިސް ޔުނިވާސް އަކީ މެކްސިކޯގެ ފާތިމާ