މޯބައިލް ގޭމްއެއް ކަމަށްވާ "ކެންޑީ ކްރަޝް ސާގާ"ގެ 22،222 ވަނަ ލެވެލް ފުރިހަމަކޮށް އިންޑިއާގެ ބިހާރުއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޒުވާނަކު އިންޓަނޭޝަނަލް ބުކް އޮފް ރެކޯޑްސްއިން ޖާގަ ހޯދައިފި އެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގައި ބިހާރުގެ ދިގްވާރާއަށް ނިސްބަތްވާ އަދި ގަވަންމަންޓް އެންޖިނިއަރިން ކޮލެޖް ސީވާންގެ ދަރިވަރެއް ކަމަށްވާ ޝުބަމް ކުމާރު ހިމަނާފައިވަނީ "ކެންޑީ ކްރަޝް ސާގާ އިން ފުރާވަރުގެ ކުއްޖަކު އެންމެ މަތީ ލެވެލް ހާސިލުކުރުން" ކެޓަގަރީގެ ދަށުންނެވެ.
އިންޓަނޭޝަނަލް ބުކް އޮފް ރެކޯޑްސްގެ އޮފިޝަލް ވެބްސައިޓުގައިވާ ގޮތުން، ޝުބަމް ކުމާރު މި ރެކޯޑު ހާސިލު ކޮށްފައިވަނީ 5 ޖުލައި 2026ގަ އެވެ. އެ ދުވަހު އޭނާގެ އުމުރަކީ 19 އަހަރާއި 8 މަހާއި 25 ދުވަހެވެ.
ޝުބަމް ބުނި ގޮތުގައި މި ކާމިޔާބީއަކީ ގޭމް ކުޅުމުގައި ގިނަ އަހަރުތަކެއް ވަންދެން ބެހެއްޓި ސާބިތުކަމާއި، ގަވާއިދުން ކުރި މަސައްކަތުގެ ނަތީޖާ އެވެ.
މި ކާމިޔާބީއާ ގުޅިގެން ބިހާރުގެ ސައިންސް، ޓެކްނޮލޮޖީ އެންޑް ޓެކްނިކަލް އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ އެންޖިނިއަރިން ކޮލެޖުގެ ދަރިވަރު ޝުބަމް ކުމާރަށް މަރުހަބާ ކިޔައި، އޭނާގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ.
އެހެން ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެހާ ޒުވާން އުމުރުގައި ގިނަ ވަގުތުތަކެއް ފޯނުގައި ހޭދަ ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ވެސް ބުނަމުންނެވެ.
އުފާވެރި ދިރިއުޅުމެއް ބޭނުންތަ؟ މި 8 އާދައަށް ސަމާލުވޭ!
ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގެ ޑްރައިވަރަށް ދައުވާކޮށްފި
އައުގާފް ކުންފުނީގެ އެމްޑީއަކަށް ޕެންޝަން ބޯޑުގެ މެންބަރު ޔާމީން