ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ބިރުވެރި ފިލްމު "ސާޔާ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އޮލިމްޕަހުން މިހާރު ޓިކެޓް ވިއްކަމުން އަންނައިރު ފިލްމު "ސާޔާ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެވެ. ފިލްމުގެ ޓިކެޓާ ބެހޭ އިތުރު މައުލޫމާތު 9732000 ނަމްބަރުން ލިބޭނެ އެވެ.

"ސާޔާ" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ފެނެ އެވެ.

"ސާޔާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ އަހުމަދު ނިމާލާއި މުހައްމަދު މަނިކު ވެސް ހިމެނެ އެވެ.

https://www.youtube.com/watch?v=wieoO1ljDI8&t=2s

މީގެ ކުރީން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދާފަ އެވެ. އެއީ "ފޯޓީ ޕްލަސް" އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ 6 ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ އިޓާނަލް ޕިކްޗާސްގެ "ލަސްވިޔަސް" އެވެ.