ޓިކްޓޮކްގައި އަމިއްލަ ފަރާތަކުން ސެލީނާގެ ކުރީގެ އަދި ފަހުގެ ފޮޓޮއެއް ދައްކާ އޭނާ ހަދާފައިވާ ކޮސްމެޓިކް ސާޖަރީތައް ފާހަގަ ކުރަން އުނދަގޫ ކަމަށް ބުނުމުން މަޝްހޫރު ލަވަކިއުންތެރިޔާ ސެލިނާ ސޮމޭޒް ރުޅިގަދަވެއްޖެ އެވެ.
މި ޓިކްޓޮކްގައި ކޮމެންޓްކޮށް ސެލީނާ ވަނީ މިކަންކަމަށް ނަފްރަތުކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ މޫނަށް އަންނަ ބަދަލަކީ އޭނާގެ ހުންނަ ބައްޔެއް ކަމަށްވާ ލޫޕަސްގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި އޭނާ ބޭނުންކުރީ ހަމައެކަނި ބޮޓޮކްސް އިންޖެކްޝަން ކަމަށް ބުނެފަ އެވެ. ބޮޓޮކްސް އިންޖެކްޝަނަކީ އުމުރުން ދުވަސްވަމުން އަންނަވަރަކަށް މޫނަށް އަންނަ ބަދަލުތައް ލަސްކޮށްދޭ އެއްޗެކެވެ.
ސެލިނާގެ މި ކޮމެންޓާ ގުޅިގެން މި ވިޑީއޯ ހެދި މަރިސާ ނަމަކަށް ކިޔާ އަންހެން މީހާ ވަނީ ސެލިނާގެ ކިބައިން މާފަށް ވެސް އެދިފަ އެވެ. މި ވީޑިއޯއަކީ މެލިސާ މީގެ އަހަރެއް ކުރިން ހަދާފައިވާ ވީޑިއޯއެކެވެ.
މި ކަހަަލަ ވީޑިއޯ މިހާރު އޭނާ ނަހަދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މާފަށް އެދުނު ވީޑިއޯގެ ޖަވާބުގައި ސެލީނާ ވަނީ ނަފްރަތު ކުރަނީ މަރިސާ ދެކެ ނޫން ކަމަަށް ބުނެފަ އެވެ. އަދި މި ކަހަލަ ކަންކަމާ ބައެއް ފަހަރު ދެރަވަނީ ކަމަށް ބުނެފަ އެވެ.
ސެލީނާގެ ކޮމެންޓުން އޭނާ ދެރަވަނީ ކޮންކަމަކާ ކަން ސާފުނުވި ނަމަވެސް ބޮޑަށް ބެލެވެނީ މީހުން އޭނާގެ މޫނަށް އަންނަ ބަދަލުތަކަށް މާ ބޮޑަށް ކޮމެންޓުކުރާތީ ކަމަށް ބެލެވެ އެވެ.