ޕީނަޓް އެލާޖީ ހުންނަ ކުޑަކުދިންނަށް ދުނިޔޭގަ ފުރަތަމަ ފަހަރަށް ފަރުވާ ދޭން ފަށައިފި އެވެ.
އޮސްޓްރޭލިޔާގެ ހާއްސަ ކުޑަކުދިންގެ ހޮސްޕިޓަލުތަކުގައި ކުރިއަށްދާ މި ފަރުވާގައި ޝަރުތު ހަމަވާ ކުދިންނަށް މަދުވެގެން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ވެސް ޕީނަޓް ޕައުޑާގެ ޑޯޒްތައް މަޑުމަޑުން އިތުރުކޮށް، ސެންސިޓިވިޓީ ދަށްކުރަން ޖެހެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްލިނިކަލް ޓްރަޔަލްތަކާއި ބައެއް ސްޕެޝަލިސްޓް އެލާޖީ ސެންޓަރުތަކުގައި އޯރަލް އިމިއުނޯތެރަޕީ ލިބެން ހުރި ނަމަވެސް މިއީ ޕީނަޓް އެލާޖީއަށް ފަރުވާ ދިނުމުގެ ގައުމީ މޮޑެލެއްގެ ގޮތުގައި މި ތެރަޕީ ފެށި ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާއަކީ "ދުނިޔޭގެ އެލާޖީ ކެޕިޓަލް" ގެ ގޮތުގައި ސިފަކުރެވޭ ގައުމަކެވެ. އޮސްޓްރޭލިޔާގައި ކޮންމެ 10 ކުއްޖަކުން އެކުއްޖަކީ ކާބޯތަކެތީގެ ސެންސިޓިވިޓީ ހުންނަ ކުއްޖެކެވެ.
އުމުރުން 12 މަހުގައި އޮސްޓްރޭލިއާގެ 3 އިންސައްތަ އާބާދީއަށް ޕީނަޓް އެލާޖީގެ އަސަރު ކުރެ އެވެ މި ފަރުވާ އާ ގުޅިގެން އެސިސްޓެންޓް މިނިސްޓަ ފޮ ހެލްތް ގެޑް ކެއާނީ ވިދާޅުވިގޮތުގައި މި ފަރުވާއަކީ ގޭމް ޗޭންޖިން ކަމަކަށް ވެދާނެ އެވެ. އަދި އެންމެން ވެސް ބޭނުންވަނީ މި ނުރައްކާތެރި އެލާޖީ ހުއްޓުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިލޭ ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ 12 މަސް ނުފުރޭ ކުދިންނަށް އެކަނި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްތަށިގަނޑު ތުނިވެ ބަލިކަށިވަނީ މިހެެންވެ ކަމަށް ވެދާނެ!
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި
"އިންތިހާބުތައް އެއްކޮށްލައިފި ނަމަ 'ރީތި ބޮނޑިއެއް' ލިބިދާނެ"