ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު އާ ސުވާލުކުރަން އެޖެންޑާކޮށްފައި ވަނިކޮށް މިއަދުވެސް މިނިސްޓަރަށް މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުނެވެ.
މިއަދުގެ ޖަލްސާއަށް ހައިދަރު ވަޑައިނުގެންނެވިއިރު މިދިޔަ ޖުލައި 16 ވަނަ ދުވަހު ގައި ބޭއްވި ޕެޓިޝަން ކޮމިޓީއަށް ހާޒިރުވުމަށް އެންގުމުންވެސް އޭނާ ވަޑައިނުގަންނަވަ އެވެ. އެދުވަހު ކެބިނެޓް ބައްދަލުވުމަށް ވަޑައިގަތީކަމުގައި ދަންނަވާފައިވެ އެވެ.
ރިޔާސަތުން މިއަދު ވިދާޅުވެފައި ވަނީ މިނިސްޓަރު ހައިދަރަށް ކުއްލި އާއިލީ ކަމެއް ދިމާވެ ހާޒިރުވެވެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ވަޒީރު މިނިސްޓްރީގެ މަސައްކަތުގައި އުޅުއްވާކަން ހުރިހާއަށް ވަނީ ކަށަވަރުވެފަ އެވެ.
ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ސާފު ކުރުމާއި ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދީފައިވާ ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތްތަތަކަށް ހަވާލުކުރެވޭނެ ތާރީހެއް ސާފު ކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ކާމިޔާބުވި ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރެވޭނެ ތާރީހެއް ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލު ކުރެއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހާމަ ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ޖުލައި 30 ގައި ބޭއްވި ޕެޓިޝަން ކޮމިޓީގައި ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރުން ދޫކުރި ފްލެޓްތަކާއި ގޯތިތަށް ހަވާލުކުރުން ލަސްވަމުންދާ މައްސަލައިގައި ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކޮށް ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންނެވެ. ނަމަވެސް ސަރުކާރަށް 8 މަސް ވެފައިވާއިރު ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކަށް މިހާތަނަށް ހައްލު ހޯއްދަވާދެވިފާނުވާކަން ފާހަގަކުރެވެ އެވެ.
ޙައިދަރު ތިޔަކުރެއްވިކަމުން އޭނަގެޢާއިލާއަށްވެސްހުތުރު