އެކްޓަރު އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އޭނާގެ ބައިވެރިޔާ ބެނީ ބްލެންކޯއާ އެންގޭޖްވެއްޖެ ކަމުގެ އަޑުތައް ގަދަވެއްޖެެ އެވެ.

ސެލީނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއެއްގައި އޭނާ ހުރީ ރަން ކުލައެއްގެ ހެދުމެއް ލައިގެންނެވެ، މި ފޮޓޯގައި އޭނާގެ ވައަތުގެ މަތީގައި ހިތުގެ އިމޯޖީ ލައި އެ އަތް ވަނީ ފޮރުވާފަ އެވެ. ވައަތަކީ އާންމުކޮށް މީހުން އެންގޭޖްމެންޓް އަނގޮޓި އަޅާ އަތްކަމަށް ވުމާއެކު ފޭނުންނަށް މި ކަން ވަނީ ފާހަގަވެފަ އެވެ.

ސެލީނާއާއި ބެނީގެ ގުޅުން ފެށިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ދެމީހުން އެކީ އުޅޭކަން ފޭނުންނަށް ހާމަކޮށްފައި ވަނީ ޑިސެންބަރު މަހު އެވެ.

ދެމީހުންގެ މުސްތަގުބަލާ ބެހޭގޮތުން ދެމީހުން ވެސް ވަނީ އިންޓަވިއުތަކުގައި އެ ވާހަކަ ދައްކާފަ އެވެ.

ސެލީނާގެ ލޯބިވެރިޔާ ބެނީ ބްލަންކޯއަކީ އުމުރުން 36 އަހަރުގެ ރިކޯޑް ޕްރޮޑިއުސަރު، ސޯންގް ރައިޓާ އަދި ރިކޯޑް އެގްޒެކެޓިވްއެެކެވެ. އޭނާ ލިޔެ މިއުޒިކް ހަދާފައިވާ އެތައް ލަވައެއް ވަނީ މަޝްހޫރުވެފަ އެވެ.