ޑިޒްނީގެ ކުރިއަށް އޮތް ލައިވް އެކްޝަން ފިލްމު "މުފާސާ: ދަ ލަޔަން ކިންގް"ގެ ހިންދީން އަޑުއަޅާ ފިލްމުގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންއާއި އޭނާގެ ދެ ދަރިން މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.

އެގޮތުން އެ ފިލްމުގައި މުފާސާގެ ރޯލަށް ޝާހްރުކް ޚާން އަޑު އަޅައިދޭއިރު އެ މުފާސާ ކުޑައިރުގެ ރޯލަށް އަޑުއަޅައިދެނީ އޭނާގެ ހަގު ދަރިފުޅު އަބްރާމް ޚާން އެވެ. މުފާސާގެ ދަރިފުޅު ސިމްބާގެ ރޯލަށް އަޑުއަޅާ ދީފައިވަނީ ޝާހުގެ ދޮށީ ދަރިފުޅު އާރްޔަން ޚާން އެވެ.

ފިލްމީ ދާއިރާއަށް އަބްރާމް ޚާން އަލަށް ތައާރަފްކުރާ މި މަސައްކަތަކީ ޝާހްރުކް ޚާންގެ ތިން ބަފައިން އެކުގައި މަސައްކަތްކުރާ ފުރަތަމަ މަސައްކަތެވެ.

https://www.youtube.com/watch?v=98Juw01BKrg

އެ ފިލްމުގެ ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު ޝާހްރުކް ޚާން ފަދައިން އަބްރާމްއަކީ ވެސް ހުނަރުވެރި ކުއްޖެއްކަން އެއިން އެނގިގެންދެ އެވެ.

މި މަސައްކަތާ ބެހޭ ގޮތުން ޝާހްރުކް ޚާން ބުނެފައިވަނީ ބައްޕައެއްގެ ގޮތުގައި މުފާސާގެ ރޯލަކީ އޭނާއަށް ވަރަށް ހާއްސަ ރޯލެއް ކަމަށާއި އެ ހާއްސަކަން އިތުރުވަނީ އޭނާގެ ދެ ދެރިންނާއެކު މަސައްކަތް ކުރަން ލިބޭތީ ކަމަށެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެނިމޭޓަޑް ފިލްމު "ލަޔަން ކިންގް"ގެ ލައިވް އެކްޝަން ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ 20ގަ އެވެ. އިނގިރޭސި ބަސް ފިޔަވައި އެހެން ބަސްތަކުން ވެސް ފިލްމު ނެރެން ވަނީ ހަމަޖެހިފަ އެވެ.