ކެޓީ ޕެރީގެ އާ ލަވަައިގެ ވީޑިއޯގެ ބައެއް މަންޒަރުތައް ހުއްދަ ނެތް ސަރަހައްދެއްގައި ޝޫޓްކުުރުމުން އޭނާ ކުށްވެރިވެއްޖެ އެވެ.

"ލައިފްޓައިމްސް" ނަމަކަށް ކިޔާ މި ލަވައިގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ސްޕެއިން ކައިރީގައި އޮންނަ "އެސްޕަލްމަޑޯ"ގެ ނަމަކަށް ކިޔާ މީހުން ދިރިނޫޅޭ ރަށެއްގަ އެވެ. މި ރަށަކީ ތިމާވެށި ރައްކާތެރިކޮށްފައިވާ ރަށެއް ކަމުން މި ރަށުގައި އެއްވެސް ކަމެއް ކުރުމަށް ކުރިން ހުއްދަ ނަގަން ޖެހެ އެވެ.

ހުއްދަނެތި ކެޓީ މިކަން ކޮށްފައިވުމުގެ ނަތީޖާއަކީ ގަސްދުގައި ތިމާވެއްޓަށް ގެއްލުން ދިނުންކަމުގައި ބެލެވިދާނެ ކަމަށް ބުނެފައިވެ އެވެ. ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.

މި ރަށަކީ ރީތި ބީޗުތަކާއި ސްޕްރިންތަކާއި ގުދުރަތީ މަޑް ބާތް ހުންނަ ރީތި ރަށެކެވެ. އާންމުކޮށް ސްޕެއިންގެ އިބީޒާއަށް ޒިޔާރަތްކުރެ އެވެ.

ފަހަކަށް އަައިސް ކެޓީގެ އާ ލަވަތަކުގައި ކޮންމެވެސް މައްސަލަތަކެއް ޖެހޭކަން ވަނީ ފާހަގަވެފަ އެވެ. ކެޓީގެ އާ އަލްބަލް "143" ގެ އެންމެ ފުރަތަމަ ލަވަ "އަ ވުމަންސް ވޯލްޑް" ވެސް ބެލުންތެރިންގެ މެދުގައި މަގްބޫލެއް ނުވި އެވެ. އަދި ލަވައިގެ ވީޑިއޯ ހެދުމަށް ޖިންސީ ކުށުގެ ދައުވާ ކޮށްފާއިވާ ޑރ. ލޫކް އާ އެކީ މަސައްކަތްކޮށްފައިވާތީ މި ކަމާ ބެލުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.