ކެއްސާތީ ބޯ ބޭހެއް ކަމަށްވާ "ކޮފްސީ" ސިރަޕުގައި ކުނޑިކޮޅުތަކެއް ހުރިކަމަށް ފާހަގަކުރެވިގެން، އެކަމަށް ސަމަލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަންކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހުވެސް ވަނީ ކުޑަކުދިންނަށް އާއްމުކޮށް ދޭ ބޭހެއް ކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ފާހަގަކުރެވިގެން ބޭނުން ނުކުރަން އަންގާފަ އެވެ.
ކާބޯތަކެތީގެ އަގުތައް %10 އުފުލިދާނެ ކަމުގެ އިންޒާރެއް
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް