ލަންޑަންގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ޓޭލާ ސްވިފްޓް އެންމެ ފަހުން ދިން ކޮންސެޓާއެކު އޭނާ މައިކަލް ޖެކްސަންގެ ރެކޯޑެއް މުގުރާލައިފި އެވެ.
މިހާރު ކުރިއަށްދާ އީރާސް ޓުއާގެ ތެރެއިން ޓޭލާ ދިން އެ ކޮންސެޓަކީ އެއް ޓުއާއެއްގައި ވެމްބްލީ ސްޓޭޑިއަމްގައި އޭނާ ހުށައަޅައިދިން އަށް ވަނަ ޝޯ އެވެ.
އެއާއެކު ޓޭލާ ވެފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި އެއް ޓުއާއެއްގެ ތެރެއިން އެންމެ ގިނަ ކޮންސެޓު ހުށައަޅައިދިން ސޯލޯ އާޓިސްޓަށެވެ.
މީގެ ކުރިން އެ ޝަރަފު އޮތީ ކިންގް އޮފް ޕޮޕް މައިކަލް ޖެކްސަން އަށެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު އޮތް އޭނާގެ "ބޭޑް ބޯއީ" ޓުއާގެ ތެރެއިން ވެމްބްލީ ސްޓޭޑިއަމްގައި ހަތް ކޮންސެޓް ދީފައިވެ އެވެ.
"އަހަރެން ތިޔަ ހަދައިދިނީ އެއް ޓުއާއެއްގެ ތެރެއިން މި ސްޓޭޑިއަމްގައި އަށް ކޮންސެޓު ދިން ފުރަތަމަ ސޯލޯ އާޓިސްޓަށް" އެއްވެ ތިބި މީހުންނަށް ޝުކުރު އަދާކުރަމުން ޓޭލާ ބުންޏެވެ.
އީރާސް ޓުއާގައި އެންމެ ގިނައިން ޓޭލާ ހުށައަޅައިދީފައި ވެސް ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެ ސްޓޭޑިއަމްގައި ބާއްވާ ކޮންމެ ކޮންސެޓެއް ވެސް ކުރިއަށް ދަނީ "ހައުސްފުލް" ކޮށެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
"ކަނޑުއޮޅިއާ މެދު އެމެރިކާއިން އުޅެނީ ގޯސް އަންދާޒާއެއް ނަގަން"
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު