ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ޕާކްކޮށްފައިކުރި ވެހިކަލްތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އިން މިއަދު ނަގަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ވަނީ މިގޮތަށް ބަހައްޓާފައި ހުންނަ އެއްޗެހީގެ ސަބަބުން މަދިރި އާލާވެ، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުން ދާތީ ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް މި އަހަރުގެ މެއި މަހު އިއުލާނެއް ކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ 30 ދުވަސް ތެރޭގައި އުޅަނދުތަކާއި ދުވާރުމަތީގައި ހުރި އެއްޗެހި ނެގުމަށެވެ.
މިދިޔަ ޖޫން 12 އާ ހަމައަށް ނުނަގާ ނަމަ އެއީ ވެރިފަރާތުން ބޭނުންނެތިގެން ދޫކޮށްލާފައިވާ އެއްޗެހި ކަމަށް ބަލައި، އެ އެއްޗިއްސާމެދު އެ ކުންފުންޏަށް ފެންނަގޮތަކަށް އަމަލުކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
"ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދެނީ އޮޅުވާލައިގެން"
ބަނގުރާ ނެޓްވޯކްގެ އިސް ދިވެހި މީހާގެ ފޮޓޯ ހާމަނޮށް ކުރީ ސިއްރު!