މީގެ 21 އަހަރު ކުރިން ނުކުތް ހޮލީވުޑްގެ ޝޯ "ވަން ޓްރީ ހިލް"ގެ ރީބޫޓް ޝޯއެއް ހެދުމުގެ މަސައްކަތް ފަށަައިފި ކަމަށް ނެޓްފްލިކްސްއިން ބުނެފި އެވެ.

ވަން ޓްރީ ހިލް އަކީ 2000 ވަނަ އަހަރުގެ މެދުތެރޭ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ޝޯއެކެވެ. މި ރީބޫޓް ސީރީސް ގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ކުރީގެ ޝޯގައި ޕޭޓަންގެ ރޯލުން ފެނިގެންދިޔަ ހިލަރީ ބާޓަން އަދި ބްރޫކްގެ ރޯލުން ފެނުނު ސޯފިޔާ ބުޝް ބައިވެރިވާ ކަމަށް ހަބަރު ލިބެ އެވެ.

ހޭލީ އަދި ނޭތަންގެ ރޯލުން ފެނުނު ބެތަނީ ޖޯއި ލެންޒް އަދި ޖޭންމް ލަފާޓީ މި އާ ޝޯއިން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. މީގެ އިތުރުން ލޫކަސް ސްކޮޓްގެ ރޯލުން މަޝްހޫރުވި ޗެޑް މައިކަލް މުރޭވެސް ފެންނާނެ ކަމުގެ ފެހި ސިގްނަލެއް ނެޓްފްލިކްސްއިން ދީފައެއް ނުވެ އެވެ.

ނެޓްފްލިކްސްއިން ބުނިގޮތުގައި ޝޯ ފެށޭ ހިސާބަކީ ކުރީގެ ޝޯ ނިންމުމަށް ފަހު 20 އަހަރު ފަހުން ކަމަށެވެ. އަދި މި އާ ޝޯގައި ޕޭޓަން އަދި ބްރޫކް ފެންނާނީ މައިންބަފައިންގެ ގޮތުގަ އެވެ.

މި ރީބޫޓް ރިލީޒްކުރާނެ ދުވަހެއް ނެޓްފްލިކްސްއިން އިއުލާނެއް ނުކުރެެ އެވެ.