ކޮވިޑް ވެކްސިން ޖެހުމުން ބަލިވި ކޭ- ޕޮޕްގެ ތަރި ލީ ޓޭ ގެއުން މަރުވެއްޖެ އެވެ.

ކޭ-ޕޮޕް ގްރޫޕެއް ކަމަށްވާ "ނޯޓީ ބޯއީސް ކްލަބް" ގެ ކުރީގެ ލަވަކިޔުންތެރިޔާ 41 އަހަރުގައި މަރުވީ ކޮވިޑް ވެކްސިން ޖެހުމަށްފަހު ދެ އަހަރު ވަންދެން ވަރަށް ބޮޑަށް ބަލިކޮށް އުޅުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނާ ވެކްސިން ޖެހުމަށްފަހު ބަލިވީ ވެކްސިންގެ ސަބަބުން ކުރިމަތިވި ސައިޑް އިފެކްޓްގެ ސަބަބުން ކަމަށްވެ އެވެ. އޭނާ ބަލިވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖެހިފަހުންނެވެ.

އޭނާ ގަޔަށް ވެކްސިން ޖެހިތާ ތިން ގަޑިއިރު ތެރޭގައި އޭގެ ސައިޑް އިފެކްޓްތަކުގެ އަލާމާތްތައް ފެނިފައިވާއިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން އޭރު ބުނެފައިވެ އެވެ. އޭގެ ފަހުން އޭނާއަށް ދިޔައީ ލިބުނު ގެއްލުންތަކަށް ފަރުވާ ދެމުންނެވެ.

ލީ ޓޭ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 2001 ވަނަ އަހަރު "ނޯޓީ ބޯއީސް ކްލަބް"ގެ "އެމްބީސީ" ވެރައިޓީ ޝޯއިންނެވެ.