ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުން ވަޅުލުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް އެ ގައުމުގެ އިރުމަތީ ޕްރޮވިންސުގައި ފަށައިފި އެވެ. މި މަސައްކަތް ފެށީ އިއްޔެ އެވެ.
ސްރީލަންކަން އާމީގެ ކޮމާންޑާ ޖެނަރަލް ޝަވެންދްރަ ސިލްވާ ވިދާޅުވި ގޮތުގައި ދެ މީހަކު ވަނީ މިހާރު ލަންކާގެ ބައްޓިކަލޯގެ އަވަށެއް ކަމުގައިވާ އޮއްޓަމްވަޑި ވަޅުލައިފަ އެވެ. އިތުރު ފަސް މީހެއްގެ ހަށިގަނޑު ވެސް އެ ސަރަހައްދުގައި ވަޅުލާން ހަމަޖެހިފައި ވެ އެވެ.
އޮއްޑަމަވަޑި ޑިވިޝަނަލް ސެކްރެޓްރީ ވިދާޅުވިގޮތުގައި ކޮވިޑް-19ގައި މަރުވާ މީހުން އެ އަވަށުގެ ސަރަހައްދެއް ކަމަށްވާ ސޫޑުޕައްތިނަޗެނައިގައި ވަޅުލުމުގެ ހުއްދަ ލިބިފައިވެ އެވެ. މިއީ އަމްޕަރަގެ އިރަކަމަމްގެ އިތުރުން ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ހުއްދަލިބިފައިވާ ދެވަނަ ސަރަހައްދެވެ. އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ޒާހިރު މައުލާނާ ވަނީ މީހުން ވަޅުލުމަށް ބޭނުންވާ ބިން ހޯދުމުގައި އެހީތެރިވެދީފަ އެވެ.
މުސްލިމުން ވަޅުލުމުގެ މަސައްކަތްތައް ކުރިޔަށް ދަނީ ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުމުގެ ދަށުން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.