ގަވާއިދާ ހިލާފަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް މާދަމާ ނަގާނެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގިނަދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ޓޯ ކުރުމުގެ މަސައްކަތް ފުލުހުންނާއި އެޗްޑީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން މާދަމާ ކުރުމަށް ނިންމާފައި ވާކަމަށެވެ.
މި މަސައްކަތް މާދަމާ ހެނދުނު 8:00 ޖަހާއިރު ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.
ނިމިދިޔަ އޮގަސްޓް މަހު ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ޕޭމެންޓު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީއިން ވަނީ ކޮށްފަ އެވެ.
އޮސްކާގެ ސަޕޯޓިން އެކްޓަރުގެ އެވޯޑަށް އޭން ކެމްޕެއިން ކުރަނީ!
ކެންސަރުގެ ފަރުވާއާއެކު ވެސް ދީޕިކާ ކެމެރާ ކުރިމައްޗަށް އަންނަނީ!
މިއީ ކުޑަ އަވަށަކުން އުފަންވި ބޮޑު ހުވަފެނެއް: ކާތިކް