ބަންގްލަދޭޝްއިން އަންނަ ޓޫރިސްޓުން އިތުރުކުރަން ޑާކާގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި އެވެ.
ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްޕީއާރުސީ) އިން ވަނީ ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް-ޑާކާ)ގައި ބައިވެރިވެފަ އެވެ.
މިއީ އެމްއެމްޕީއާރުސީއިން މި ފެއާގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
އެމްއެމްޕީއާރުސީން މި ފެއާގައި ބައިވެރިވީ އޭޓީއެފް 2024ގެ ޕްރައިމް ޕާޓްނަރު ގައުމުގެ ހައިސިއްޔަތުން ނޭޝަނަލް ހޮޓަލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯއާ) ގުޅިގެންނެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 23 ކުންފުންޏަކުން 37 މަންދޫބުން ބައިވެރިވެފައިވެ އެވެ.
އެމްއެމްޕީއާރުސީއިން ބުނީ އޭޓީއެފް-ޑާކާ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އުންމީދީ އެއް މާކެޓް ކަމަށްވާ، ބަންގްލަދޭޝްގެ މީހުންގެ މެދުގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.
މި ފެއާގެ ސަބަބުން ބަންގުލަދޭޝްގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކާއި ޓްރެވަލް އެޖެންސީތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް އުފައްދައިދީ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރަން މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް އެމްއެމްޕީއާރުސީއިން ދެކެ އެވެ.
އެމްއެމްޕީއާރުސީއިން އޭޓީއެފް-ޑާކާގައި ބައިވެރިވީ އޭޝިއާގެ މާކެޓްތައް ކަމަށްވާ އިންޑިއާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް މާކެޓްގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުކޮށް އެ ގައުމުތަކުގެ މީހުންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ބަންގްލަދޭޝްއިން 18،843 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ 14 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 38 ޕަސެންޓްގެ ކުރިއެރުމެކެވެ.
އަނެއްކާ ބަންގާޅުން ގައުމައް ގިނަކުރުމުގެ ޕްރޮގުރާމް ފަށަނީ ޓްމުއަރިސްޓުންގެ ގޮތުގަ ރާއްޖެ އައިސްފިލާނީ
އެއްކޮޅުން ނެރެނީ..އަނެއްކޮޅުން ގެންނަން. ލިޔުކިޔުމް ނެތި އުޅޭމީހުންގެ ތެރޭގައި ގިނައީ ޓޫރިސްޓްވިސާގައި އަންނަމީހުން. އެމީހުމްގެ ބުކިންގްތަކާއި ސްޓޭވެރިފައިނުކުރެވޭތީ ދިމާވާ މައްސަލަ.