1951 ގައި އެމެރިކާގެ އޯކްލޭންޑް ކެލިފޯނިއާ ޕާކެއް ތެރެއިން ކިޑްނެޕްކުރި މީހަކު އޭނާގެ އާއިލާއަށް ފެނިއްޖެ އެވެ.

ލުއިސް އަރްމަންޑޯ އަލްބިނޯ ކިޑްނެޕްކުރިއިރު އޭނާގެ އުުމުރަކީ އެންމެ 6 އަހަރެވެ. އެނާއަކީ ޕުއަތޯ ރިކޯ ކުއްޖެކެވެ. ބޭބެ އާ އެކު ޕާކެއްގައި ކުޅެން ހުއްޓާ އަންހެނަކު ވަނީ މޭޓާ ދޭނެ ކަމަށް ބުނެ ހައްލާލައިގެން ކިޑްނެޕްކޮށްފަ އެވެ. އެ އަންހެން މީހާވަނީ އޭނާ އެމެރިކާގެ އީސްޓް ކޯސްޓަށް ގެންގޮސް އެހެން ދެމަފިރިންނާ ލުއިސް ހަވާލުކޮށްފަ އެވެ. ލުއިސް ބޮޑުކޮށްފައިވަނީ އަމިއްލަ ދަރިއެއް ގޮތުގައި އެ ދެމަފިރިންނެވެ.

މިހާރު ލުއިސް އަށް ވަނީ 76 އަހަރު ވެފަ އެވެ. 70 އަހަރު ވަން ދެން ލުއިސްއަށް ވީ ގޮތް ނޭނގި ލުއިސް ހޯދަން އާއިލާއިން ވަނީ މަސައްކަތްކޮށްފަ އެވެ. ލުއިސްގެ މަންމަ ނިޔާވެފައިވަނީ 2005 ގައެވެ. އޭނާ މަރުވަންދެންވެސް ލުއިސް ފެންނާނެ ކަމުގެ އުންމީދު ކަނޑާނުލާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ލުއިސް ހޯދާފައިވަނީ އޭނާގެ ދައްތަގެ ދަރިއެއް ކަމަށްވާ 63 އަހަރުގެ އަލީޑާ އެލެކުއިން އެވެ. އޭނާ "މަޖަލަކަށް" ބޮޑުބޭބެ ލުއިސް ހޯދަން ހެދީ އޮންލައިން ޑީއެންއޭ ޓެސްޓެކެވެެ. މި ޓެސްޓުން އޭނާގެ ޑީއެންއޭ އާ 22 ޕަސެންޓް ދިމާވާ މީހަކު ވަނީ ފެނިފަ އެވެ. ފުލުހުންގެ އެހީތެރިކަމާއިއެކު އިތުރަށް މި ކަން ބެލުމުން މިއީ ލުއިސް ކަން އާއިލާއަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އެެލެކުއިން ބުނިގޮތުގައި ބޮޑުބޭބޭ މި ކަމާ ބެހޭގޮތުން މީޑިއާއާ ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް ބޮޑުބޭބެއަށް ދިމާވި ކަންކަން ކުޑައިރުއްސުރެވެސް ހަނދާން ހުންނަކަމަށް ބޮޑުބޭބެ އެއްބަސްވިކަމަށް އޭނާ ވަނީ ބުނެފަ އެވެ.