އެމެރިކާގެ ސްޓޭޓެއް ކަމަަށްވާ ފްލޮރިޑާއަކީ މޫސުމީ އަސަރުތައް ގިނަ ސްޓްޓޭޓެކެވެ. އެގޮތުން އެ ގައުމުގެ އެހެން ސްޓޭޓްތަކާ އަޅާކިޔާއިިރު ފްލޮރިޑާއަށް ހަރިކޭން އަރާވަރުވެސް ދެގުނަ އިތުރެވެ.

ހަރިކޭންއެއް ކަނޑުގައި އުފެދުމަށް ހޫނު ވަޔާއި ފެން ބޭނުންވާނެ އެވެ. ހަރިކޭންއެއް އުފެދެނީ ހޫނު ފެން އިވަޕޮރޭޓް ވެގެން އުފެދޭ ވިލާ ތަކުން އަޕްޑްރާފްތަކެއް އުފެދި އެ އަޕްޑްރާފްޓްތައް އެނބުރެން ފެށުމުންނެވެ. އަދި މި އަފްޑްރާޕްޓްތައް ވަރުގަދަވެ ޓްރޮޕިކަލް ސައިކްލޯނަކުން ބޮޑެތި ތޫފާންތަކަށް ބަދަލުވެ އެވެ. ތޫފާންތަކުގެ ވަރުގަދަކަން ހުންނަނީ ވިލާގަނޑުގައި ވައި ހުންނަ މިންވަރަށް ބަލާ 1 އިން 5 އަށް ކެޓަގަރީ ކޮށްފަ އެވެ.

ކެޓަގަރީ 5 ކީ އެންމެ ވަރުގަދަ ތޫފާނެވެ. މަޝްހޫރު ހަރިކޭން ކެޓްރީނާއަކީ ކެޓަގަރީ 5 ގެ ތޫފާނެކެވެ. ހަރިކޭނެއް މައިތިރިވާނީ ބިންގަނޑަށް އެރުމުންނެވެ. އެއީ އެއަށް ހަކަތަދީ ވަރުގަދަ ވާވަރަށް ފެން މަދުވުމުންނެވެ. ހަރިކޭނެއް ބިންގަނޑާ ކައިރިވާ ވަރަށް ކަނޑުގެ ލޮނުގަނޑުވެސް އުފުލި، ރާޅު އަރަން ފަށަ އެވެ. އަދި އެއާ އެކު ވައި ގަދަވެ ބޯކޮށް ވާރޭ ވެހެން ފަށަ އެވެ.

ފްލޮރިޑާއަށް އެހާ ގިނައިން ހަރިކޭން އަރާ މައިގަނޑު ސަބަބަކީ އެސްޓޭޓްގެ ޖިއޮގްރަފީ (ސްޓޭޓް އޮންނަ ސަރަހައްދު) އެވެ. އެ ސަރަހައްދުން އެންމެ ގިނަ ޓްރޮޕިކަލް ސްޓޯމްތައް އުފެދެނީ ފްލޮރިޑާގެ ވަށައިގެން އޮންނަ ތިން ސަރަހައްދުންނެވެ. އެއީ ގަލްފް އޮފް މެކްސިކޯ، ކެރެބިއަން ސީ އަދި އެޓްލާންޓިކް އޯޝަންއިންނެވެ. ތިން ފަޅިންވެސް ފްލޮރިޑާ އޮންނަނީ އަބަދުވެސް ނުރައްކަލެއްގެ ތެރޭގަ އެވެ.

މި ހުކުރު ދުވަހުވެސް ފްލޮރިޑާގެ ބިގް ބެންޑް ސަރަހައްދަށް ހަރިކޭން ހެލީން އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފްލޮރިޑާ އޮންނަނީ ވަށައިގެން ތޫފާންތައް ފަސޭހައިން އުފެދޭ ސަރަހައްދެއްގައި