ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލްގެ މައުންޓް އެވަރެސްޓް ދުވަހަކަށްވުރެ ދުވަހެއް އުސްވަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އެގޮތުން ފާއިތުވި 89000 އަހަރު ތެރޭގައި އެ ފަރުބަދަ 50 މީޓަރު އުސް ވެފައިވާ ކަމަށް ދިރާސާތަކުން އެނގޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މިކަމުގެ ސަބަބަކަށްވަނީ އެ ފަރުބަދައިގެ ކައިރީގައިވާ ކޯރެއްގެ ފެން ދައުރުކުރާ ނިޒާމެވެ. އެ ނިޒާމުގެ ސަބަބުން ބިމުގައިވާ "މެޓީރިއަލް" ގެއްލި ފަރުބަދަ އުސްވާން މެދުވެރިވެ އެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް މައުންޓް އެވަރެސްޓް ދެ މިލިމީޓަރު އުސްވާ ކަމަށް ސައިންސްވެރިންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްގެ އުސްމިނުގައި މިވަގުތު ހުރީ 8849 މީޓަރެވެ. އެއީ ދެވަނައަށް އެންމެ އުސް ފަރުބަދައަށްވުރެ 250 މީޓަރު އުސް އުސްމިނެކެވެ.

މި ނިސްބަތުން ބަލާއިރު ކުރިއަށް އޮތް ގަރުނުގެ ތެރޭގައި އެ ފަރުބަދައިގެ އުސްމިން 9000 މީޓަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.