ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއާ އިސްރަށްވެހިންގެ ނާދީއާއި ގުޅިގެން ކުލަގަދަކޮށް އެ ދުވަސް ފާހަގަކޮށްފި އެވެ.

މިއަހަރުގެ ކުރީކޮޅު އުރީދޫއިން ވަނީ އިސްރަށްވެހިންނާއިއެކު ކެންޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. އިޖުތިމާއީ ޒިންމާއަށް އުރީދޫގެ ދިގު މުއްދަތުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ހިމެނެ އެވެ.

Adv by TMA
TMA
Adv by Media Net
Media Net

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫއިން ވަނީ ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާފަ އެވެ. ގޯތިތެރޭގައި ގަސްއިންދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ. ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވެ އެވެ. މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ އިވެންޓްތަކަށް ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އުރީދޫއިން ވަނީ ނާދީ އަށް ފޮތް ހަދިޔާކޮށްފަ އެވެ. މި ހަދިޔާގެ ސަބަބުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި އެކި މައުލޫގެ ފޮތްތައް ކިޔާ މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށް މަގުފަހިވެގެންދާނެ އެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫއިން މިއަހަރު ފެށި ޕްރޮގްރާމުގެ ބައެއްކަމަށް އުރީދޫން ބުނެ އެވެ. ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫއިން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.