ކުޑަކުދިންނަށް ހާއްސަ ފިލްމު "ރޮބޯމޭން: ދަ މޫވީ" އަތޮޅު ތެރޭގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމު އަޅުވަން މިހާރު ތާވަލުކޮށްފައިވާ ރަށްރަށުގެ ތެރޭގައި ރ. އިނގުރައިދު އާއި ކ. މާފުށި އަދި ށ.މިލަންދޫ ވެސް ހިމެނެ އެވެ.

މީގެއިތުރުން ލ.ފޮނަދޫގައި މިމަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ވަނީ މިފިލްމު އަޅުވާފަ އެވެ.

"ރޮބޯމޭން: ދަ މޫވީ" ގެ ޓީމުން ވަނީ ފިލްމު އަޅުވަން ޝައުގުވެރިވާ ހުރިހާ ރަށަކަށް ވެސް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން ޝޯތައް އެޅުވުމުގެ އިންތިޒާމުތައް ހަމަޖައްސަން ގުޅަން ޖެހެނީ 7777968 އަށެވެ.

https://www.instagram.com/p/DAqt-kbSxta/

"ރޮބޯމޭން – ދަ މޫވީ" މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމަށް ވެގެންދާނެ އެވެ. މި ފިލްމަކީ އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުން ވެސް ފެނިގެންދާނެ އެވެ.

https://www.instagram.com/p/C_-NtGlpfRz/

"ރޮބޯމޭން: ދަ މޫވީ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކުރި ފިލްމެކެވެ.

މިދިޔަ މަހުގެ 26ގައި ފިލްމު ރިލީޒްކުރުމާ އެކު ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

https://www.instagram.com/p/DAfMNdHyOFS/

ރޮބޯމޭން ފިލްމު މި މަހުގެ 5އާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ އެވެ. ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓު ލިބޭނެ އެވެ.