ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުން ކުރި ރަންވޭ މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ އެތަން މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ.
ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައިވާގޮތުން އެ މަސައްކަތް ނިންމަންޖެހެނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ. އަދި 3،200 މީޓަރު ހުންނަ އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ.
އެތަން ހަދާފައި ވަނީ 1976 ވަނަ އަހަރު އެވެ. އެއީ އެއާޕޯޓުގެ އެންމެ ގިނަ ދުވަސްވީ އިންފްރާސްޓްރަކްޗާ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވި އެވެ.
މިހާރު ބޭނުންކުރާ އާ ރަންވޭ ވެސް ހެދީ ބީޔޫސީޖީ ކުންފުނިންނެވެ.
450 އެޕިސޯޑަށްފަހު "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" ނިންމާލައިފި
ސިއްހީ ހާލަތުގެ ސަބަބުން އަމީތާބު ސޯޝަލް މީޑިއާއާ ދުރަށް!
ފިލްމީ ތަރިންގެ މައްސަލަ ޕީޖީއަށް ފޮނުވައި ބަންދުން ދޫކޮށްލައިފި