ބެހިގެން ކަނޑުމަތީގައި 67 ދުވަސް ހޭދަކުރި މީހަކު ސަލާމަތް ކޮށްފި އެވެ.
މީކާއީލް ޕިޗުގިން 46، ފެނިފައި ވަނީ އިންފްލޭޓް ކުރެވޭ ކުޑަ ބޯޓެއްގަ އެވެ. އޭނާ ފެނިފައި ވަނީ އުތުރު ރަޝިއާގެ އޯކްހޮސްޓް ކަނޑުން މަސް ބޯޓަކަށެވެ. މިއީ ވަރަށް ފިނި ކަނޑެކެވެ.
އޭނާ ފެނުނު އިރު އޭނާ ކަނޑުމަތީގައި ދެ މަހަަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އުތުރު ރަޝިޔާއިން މީކާއީލް އާއި އޭނާގެ ބޭބެ އަދި ބޭބެ ދަރިފުޅު މި ކުޑަ ބޯޓުގައި ކަނޑުމައްޗަށް ނުކުމެފައި ވަނީ ބޮޑު މަސް ބެލުމަށެވެ. އަދި ތިން ބެއިން އެކީގައި ފުރީ ދެ ހަފްތާއަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. ނަމަވެސް ބޯޓުގެ އިންޖީނު ހުއްޓިގެން ބީހި މި ތިން ބެއިން ވަނީ ގެއްލިފަ އެވެ. އަދި 67 ދުވަސް ފަހުން މީކާއިލް ފެނުނު ނަމަވެސް ބޯޓުގައި ތިބި އޭނާގެ ބޭބެ އަދި ބޭބެ ދަރިފުޅު ވަނީ މަރުވެފަ އެވެ.
މީކާއިލްމެން ގެއްލުމުން ހެލިކޮޕްޓަރު ބޭނުންކޮށްގެން އެމީހުން ހޯދަން މަސައްކަތް ކުރި އެވެ.
ރަޝިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި މީކާއިލް ސަލާމަތްވުމުގެ މައިގަނޑުއެއް ސަބަބަކީ އޭނާގެ ބަރުދަން ކަމަށެވެ. ކުރިން ބަރުދަނުގައި 100 ކިލޯއަށް ހުރި މީކާއިލް ފެނުނު އިރު ހުރީ އެންމެ 50 ކިލޯ އެވެ.
މީކާއިލްއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރަޝިއާ ނޫސްތަކުން ރިޕޯޓްކުރެއެވެ.