ނެޓްފްލިކްސްގެ އާ ރިއަލިޓީ ޝޯއަކީ ތަފާތު ޝޯއެކެވެ. "ލަވް އިޒް ބްލައިންޑް" މި ކޮންސެޕްޓްގައި ފުރަތަމަ ޝޯ ހަދާފައިވަނީ އެމެރިކާގަ އެވެ. މި ޝޯތަކަށް ހޮލީވުޑްއިން ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ނެޓްފްލިކްސް އިން ވަނީ މެދުއިރު މަތީގެ ގައުމުތަކާއި އުތުރު އެފްރިކާގެ ގައުމުތަކުން ބައިވެރިން ހޯދައިގެން މި ކޮންސެޕްޓްގެ ޝޯއެއް ހަދަން މީގެ ދެތިން އަހަރު ކުރިން މަސައްކަތް ފަށައިފަ އެވެ.

މި މަސައްކަތް ކާމިޔާބުވެ "ލަވް އިޒް ބްލައިންޑް ހަބީބީ"ގެ ފުރަތަމަ ޝޯ މި މަހު ނެޓްފްލިކްސްއިން ވަނީ ރިލީޒްކޮށްފަ އެވެ. އެމެރިކާގައި މަޝްހޫރުވި މި ރިއަލީޓީ ޝޯގެ ކޮންސެޕްޓަަށް ބަދަލުގެނެސް ޑުބާއީގައި މި ޝޯ ބާއްވާފައިވަނީ އަރަބި އަދި އެފްރިކާގެ ސަގާފީ އާދާކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޝޯގައި ބައިވެރިވުމަށް ދެ ޖިންސުގެ މީހުންނަށް ފުރުސަތު ލިބެވެ. މި ޝޯގެ މައިގަނޑު މަގްސަދަކީ ދެ ޖިންސުގެ މީހުން އެކަކު އަނެކަކަށް ނުފެނި ވާހަކަ ދެއްކުމަށް ފަހު ބައިވެރިއަކު ހޯދުމެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެސް ދެ ކޮޓަރިއެއްގައި ތިބެގެން ޖެހެނީ ވާހަކަ ދައްކާށެވެ. އަދި ދެމީހުންނަށް ދެމީހުން ކަމުގޮސްފިނަމަ ބައްދަލުވެ އެންގޭޖްވާން ޖެހެ އެވެ. އަދި 4 ހަފްތާ ފަހުން ކައިވެނި ކުރުމުގެ ފުރުސަތު ލިބެ އެވެ.

މި ޝޯގެ މުޅި ކޮންސެޕްޓަކީ ލޯތްބަކީ "ކަނު އެއްޗެއް" ތޯ އިޖުތިމާއީ ގޮތުން ޓެސްޓުކުރުމުމެވެ. އިންސާނާގެ ސިފައަށް ވުރެ އޭނާގެ ގައިގައި ހުންނަ ސިފަތަކަށް ބޮޑަށް ބެލުމަށް ބާރު އެޅުމެވެ.

މި ޝޯގައި ފާހަގަކޮށްލެވުނު އެންމެ ހާއްސަ އެއް ކަމަކީ ހުޅަނގުގެ އާދާކާދަޔާ ހިލާފު ތަފާތު އަދާކާދަތަކަކާއި ވިސްނުންތަނެއް ޝޯގައި ފެނިގެންދިޔުމެވެ.

"ލަވް އިޒް ބްލައިންޑް" ޝޯ ގައި ބައިވެރިވި މީހުންވަނީ ޝޯއަށް ފަހު ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.