ކުރީގެ މަޝްހޫރު ބޯއި ބޭންޑް ވަން ޑިރެކްޝަންގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ އާޖެންޓީނާގެ ބުއެނޮސް އެއިރިސްގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓިގެންނެވެ. އޭނާ ވެއްޓުނީ ކިހިނެތް ކަމެއް ސާފެއް ނުވާ ކަމަށް އާޖެންޓީނާގެ ޕޮލިހުން ބުނެ އެވެ.
2010 ގެ އެކްސް ފެކްޓާ ޝޯ އިން މަޝްހޫރުކަން ހޯދި ޕޭން އަކީ ކުރީގެ ވަން ޑިރެކްޝަންގެ 5 މެންބަރުންގެ ތެރެއިން މެންބަރެކެވެ. މި ބޭންޑް އެކީ މިއުޒިކް އުފެއްދުން ހުއްޓާލީ 2016 ގަ އެވެ. އޭރު ބޭންޑް ހުއްޓާލާފައި ވަނީ މެންބަރުންގެ ސޯލޯ މިއުޒިކަށް ފޯކަސް ކުރުމުގެ ބޭނުމުގަ އެވެ.
އެ ބޭންޑް ހުއްޓާލުމަށްފަހު ޕޭން 31، ވެސް ވަނީ އަމިއްލަ ލަވަތައް ރިލީޒްކޮށްފަ އެވެ.
ޕޭންގެ ކުއްލި މަރަކީ ވަން ޑިރެކްޝަންގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. ގިނަ ފޭނުން އުންމީދު ކުރަަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ބޭންޑް އަލުން އެކީގައި މިއުޒިކް ހަދާނެ ކަމަށެވެ.
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން: ޓްރަމްޕް